Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާލޭގެ ކެފޭތަކުން ބިދޭސީންތަކެއް އަތުލައިގެންފި

މާލޭގެ ކެފޭތަކުން ބިދޭސީންތަކެއް އަތުލައިގެންފި

އުސްތާޛް މުޙައްމަދު ޢަލީ
632 ދުވަސް ކުރިން - 27 އޮކްޓޫބަރު 2024 17:40
އިމިގްރޭޝަން ކޮންޓްރޯލަ ޖެނެރަލް ޝަމްޢާން- އޭނާ ވިދާޅުވެފައިވަނީ އެއްވެސް ބިދޭސީއަކަށް ޤާނޫނު މުގުރާލަން ފުރުޞަތެއް ނޯންނާނެ ކަމަށް.
އިމިގްރޭޝަން ކޮންޓްރޯލަ ޖެނެރަލް ޝަމްޢާން- އޭނާ ވިދާޅުވެފައިވަނީ އެއްވެސް ބިދޭސީއަކަށް ޤާނޫނު މުގުރާލަން ފުރުޞަތެއް ނޯންނާނެ ކަމަށް.
ޚުލާސާ

3 ކެފޭއަކުން 5 ބިދޭސިން އަތުލިއިރު މިމީހުންނަކީ ޤަވާއިދާއި ޚިލާފަށް އެ ކެފޭތަކުގައި މަސައްކަތްކުރަމުންދިޔަ މީސްމީހުން. އިމިގްރޭޝަނުން ބުނީ އެމީހުން ރާއްޖެއިން ފޮނުވާލާނެ ކަމަށް.

ޤަވާޢިދާ ޚިލާފަށް މާލޭގައި ޢާމްދަނީ ހޯދަމުންދިޔަ ފަސް ބިދޭސީން އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

މިމީހުން އަތުލައިގަތީ މާލޭގައި ހުރި ތިން ކެފޭއަކަށް އިމިގްރޭޝަނުން ކުރި ރެއިޑެއްގައެވެ.

އިމިގްރޭޝަނުން ބުނީ އެފަރާތަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އިއްޔެ ހިންގި ރެއިޑު އޮޕަރޭޝަންގައި ތިން ކެފޭއެއް ބަލައި ފާސްކުރި ކަމަށާއި، އަދި އެ ތަންތަނުން ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ފަސް ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

Advertisement

Advertisement 1

ސަރުކާރުން މިހާރު ދަނީ ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މި މަހުގެ 21 އާ ހަމައަށް 4،361 ބިދޭސީން ވަނީ ރާއްޖެއިން ފުރުވާލާފަ އެވެ.

އިމިގްރޭޝަނުން ބުނީ މިހާރު ހައްޔަރުކޮށްފައިވާ ފަސް ބިދޭސީން އެ މީހުންގެ ގައުމަށް ފުރުވާލުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި، އިމިގްރޭޝަން ވޮޗާއި ފުލުހުން ގުޅިގެންވެސް ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކ. ގުރައިދޫގައި ވެސް ޚާއްސަ އޮޕަރޭޝަނެއް ވަނީ ޖައްސާފައެވެ. އެ އޮޕަރޭޝަނުގެ ތެރެއިން 39 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައެވ.

މި ޚާއްސަ ރެއިޑް އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން، ޤަވާއިދާ ޚިލާފަށް ރާއްޖޭގެ އެކި އަތޮޅުތަކުގައި އުޅޭ ބިދޭސީން ބަލާ ފާސްކުރުމަށް 24 އޮކްޓޯބަރުގައި ފެށި ޚާއްސަ އޮޕަރޭޝަންގެ ތެރެއިންނެވެ.

ކުށްކުރުންއިމިގްރޭޝަންޝަމްއާން ވަހީދު (ކުރީގެ ކޮންޓްރޯލަރ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

10 ދުވަސް ކުރިން - 01:44

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

11 ދުވަސް ކުރިން - 20:13

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފަށަނީ

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފަށަނީ

11 ދުވަސް ކުރިން - 19:37

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

14 ދުވަސް ކުރިން - 18:08

ބޮޑެތި ކުށްތައް ހުއްޓުވުމަށް އެމެރިކާ އާއި ރާއްޖެއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއި ކޮށްފި

ބޮޑެތި ކުށްތައް ހުއްޓުވުމަށް އެމެރިކާއާއި ރާއްޖެއާއި ދެމެދު ފަހުމުނާމާއެއްގައިސޮއި ކޮށްފި

28 ދުވަސް ކުރިން - 18:25

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

42 ދުވަސް ކުރިން - 11:09