ށ. އަތޮޅުގެ އަށް ރަށެއްގައި ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސްފިއެވެ.
އިސްލާމިން މިނިސްްޓްރީން ބުނީ ރިސާލަތުގެ ޕްރޮގުރާމްތައް ކުރިއަށް ގެންގޮސްފައިވަނީ ށ. މަރޮށި، ށ. ޅައިމަގު، ށ. ކޮމަންޑޫ، ށ. މާއުނގޫދާ، ށ. ފުނަދޫ، ށ. މިލަންދޫ އަދި ށ. ނަރުދޫގައި ކަމަށެވެ.
ރިސާލަތު ޕްރޮގުރާމްގެ ދަށުން މި ރަށްތަކުގައި މިސްކިތު ދަރުސްތަކާއި، ސްކޫލް ދަރިވަރުންނަށް ޚާއްސަ ދަންފަޅިތަކާއި، ބެލެނިވެރިންނާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް ޚާއްސަ ދަރުސްތައް ކުރިއަށް ގެންގޮސްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ށ. އަތޮޅުގައި މި ޕްރޮގުރާމް ކުރިއަށް ގެންގޮސްދެއްވީ އެ މިނިސްޓްރީގެ ވާއިޡް އައްޝައިޚް ޢަލީ ޝަހީދު ކަމަށެވެ.
ރިސާލަތު ޕްރޮގުރާމަކީ ދީނީ ދަޢުވަތުގެ މަސައްކަތް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން އެކްޝަން ޕްލޭނެެއް އެކުލަވާލާ، ރޭވުންތެރިކަމާއެކު ކުރިއަށް ގެންދާ ދީނީ ދަޢުވަތުގެ ޕްރޮގުރާމެކެވެ.
ރިސާލަތުގެ ދަށުން މި އަހަރު މިހާތަނަށް 650 އަށްވުރެ ގިނަ ޕްރޮގުރާމް ކުރިއަށްގެންގޮސްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.









