Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޑޮނޭޝިއާއިން ބްރިކްސްއާއި ގުޅުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

އިންޑޮނޭޝިއާއިން ބްރިކްސްއާއި ގުޅުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

އައިޝަތު އީމާން
682 ދުވަސް ކުރިން - 26 އޮކްޓޫބަރު 2024 23:16
އިންޑޮނޭޝިއާއިން ބްރިކްސްއާއި ގުޅުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި
ޚުލާސާ

އިޤްތިޞާދީ އިޞްލާޙުގެ އަމާޒު ހިފައިގެން އާޖެންޓީނާ އާއި އެހެނިހެން ޤައުމުތައް ހިމެނޭ ގޮތަށް ބްރިކްސް ފުޅާކުރުމުގެ ތެރޭގައި ދުނިޔޭގެ ނުފޫޒު އިތުރުކުރުމަށް އިންޑޮނޭޝިއާ އިން ބްރިކްސް އާއި ގުޅުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި.

އިންޑޮނޭޝިއާއިން ބްރިކްސްއާއި ގުޅުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ، އަދި ދެކުނު އެފްރިކާ ހިމެނޭ ކުރިއަރަމުން އަންނަ އިޤްތިޞާދުތަކުގެ ގްރޫޕާއި ގުޅުމުގެ މަރުޙަލާ އިންޑޮނޭޝިއާއިން ފަށާފައިވާއިރު، ކުރީގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ އެޤައުމުގެ ބައިނަލްއަޤްވާމީ ޕާޓްނަޝިޕްތައް ތަފާތު ކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ. ޚާއްޞަކޮށް ދުނިޔޭގެ މާލީ އިދާރާތަކުގެ ތެރޭގައި އެޤައުމުގެ ނުފޫޒު އިތުރު ކުރުމަށް މަސައްކަތް ކުރައްވާފައިކަން ފާހަގަ ކުރެވެއެވެ. 

Advertisement

Advertisement 1

އިންޑޮނޭޝިއާގެ ފޮރިން އެފެއާޒް މިނިސްޓަރު ސުޖިއޯނޯ (ބޮލުގައި ކެޕް އަޅައިގެން) މިމަހުގެ 24ވަނަ ދުވަހު ރަޝިއާގައި އޮތް ބްރިކްސް ސަމިޓުގައި ދުނިޔޭގެ ލީޑަރުންނާ އެކު ފޮޓޯއެއް ނަގަނީ (ފޮޓޯ އިންސްޓަގްރާމް: sugiono_56)

ބްރިކްސްއާއި އިންޑޮނޭޝިއާއިން ގުޅެން ބޭނުންވަނީ ދުނިޔޭގެ ވިޔަފާރި ޖަމްޢިއްޔާއާއި ބައިނަލްއަޤްވާމީ މަނިޓަރީ ފަންޑު ފަދަ ހުޅަނގުގެ ބާރުގަދަ ޖަމާޢަތްތަކާ މެދު އިންޑޮނޭޝިއާ ގަޔާނުވާތީއެވެ. 

ބްރިކްސް ބްލޮކުގެ އަމާޒަކީ ހުޅަނގުގެ މާލީ ވެރިކަމަށް ގޮންޖަހައި، ކުރިއަރަމުން އަންނަ އިޤްތިޞާދުތަކަށް ޢާންމު އިޤްތިޞާދީ މަސްލަޙަތުތައް ކުރިއަށް ގެންދިއުމަށް ޕްލެޓްފޯމެއް ހުށަހެޅުމެވެ. އެއްބާރަށްވުރެ، ގިނަ ބާރުތައް ހިމެނޭ ހަމަހަމަ ނިޒާމެއް ޤާއިމްކޮށް އެމެރިކާގެ ޑޮލަރަށް ބަރޯސާވުން ނިމުމަކަށް ގެނައުމެވެ.

ބްރިކްސް ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. 2023 ވަނަ އަހަރުގައި އޮތް ބްރިކްސްގެ 15 ވަނަ ބައްދަލުވުމުގައި އާ ހަ މެމްބަރުން ކަމަށްވާ އާޖެންޓީނާ، މިޞްރު، އިތިއޮޕިއާ، އީރާން، ސައުދީ ޢަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ބްރިކްސް އާއި ގުޅިފައިވާއިރު، ދުނިޔޭގެ ގިނަ ޤައުމުތައް މިހާރު ދަނީ އެ ޖަމްޢިއްޔާއާއި ގުޅުމަށް ޝައުޤުވެރިވަމުންނެވެ.

އިންޑޮނޭޝިއާއިން އެންމެ ފުރަތަމަ ބްރިކްސްއާއި ގުޅެންއުޅޭ ކަމަށް ސިގްނަލް ދިނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ބޭއްވި 15 ވަނަ ބްރިކްސް ސަމިޓްގައި އޭރުގެ ރައީސް ޖޯކޯ ވިޑޯޑޯ އެވެ.

ބްރިކްސް ޖަމާޢަތާއި ގުޅުމަށް އިންޑޮނޭޝިއާގެ މިހާރުގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯގެ އާ ވެރިކަމުގައި މިފަހަރު ރަޝިޔާގެ ކާޒާންގައި ބޭއްވި ބްރިކްސް ސަމިޓްގައި ވަނީ ކަށަވަރުކޮށްދީފައެވެ.

ބްރިކްސް އަކީ ފަސް ޤައުމު ކަމަށްވާ ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާއާ ގުޅިގެން އުފެއްދި ޖަމާޢަތެކެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ބްރިކްސްގައި ތިބީ ރަސްމީ 11 މެމްބަރުންނެވެ.  

މީގެ އިތުރުން 20 އަށް ވުރެ ގިނަ ޤައުމުން މި ޖަމާޢަތުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، އޭގެ ތެރޭގައި އަލްޖީރިއާ، ބަންގްލަދޭޝް، ނައިޖީރިއާ، ސެނެގާލް، ތައިލެންޑް، އަދި ތުރުކީ ވެސް ހިމެނެ އެވެ.

ބްރިކްސްއިންޑޮނޭޝިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަނަކް ކްރަކަތައޮ އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެން ބަންދުކުރި އިންޑޮނޭޝިއާގެ މައި އެއާޕޯޓުތައް އަލުން ހުޅުވައިފި

އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެން ބަންދުކުރި އިންޑޮނޭޝިއާގެ އެއާޕޯޓުތައް ހުޅުވައިފި

53 މިނެޓު ކުރިން - 18:42

އިންޑޮނޭޝިއާގެ މާރުކޭޓެއްގައި ރޯވެ 6 ކުޑަކުދިން ހިމެނޭހެން 11 މީހުން މަރުވެއްޖެ!

އިންޑޮނޭޝިއާގެ މާރުކޭޓެއްގައި ރޯވެ 6 ކުޑަކުދިން ހިމެނޭހެން 11 މީހުން މަރުވެއްޖެ!

1 ދުވަސް ކުރިން - 20:12

އިންޑޮނޭޝިއާގެ އަލިފާންފަރުބަދައެއް ގޮވައި 6 އެއާޕޯޓެއް ބަންދުކޮށް، 1.5 ލައްކަ ފަސިންޖަރުން ތާށިވެއްޖެ

އިންޑޮނޭޝިއާގެ އަލިފާން ފަރުބަދައެއް ގޮވައި، 1.5 ލައްކަ ފަސިންޖަރުން ތާށިވެއްޖެ

3 ދުވަސް ކުރިން - 16:20

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެ، ފެތުރެމުންދާ ވަރުގަދަ ދުމުގެ އަސަރު މެލޭޝިއާއާއި ފިލިޕީންސަށް

އިންޑޮނޭޝިއާ އަލިފާނުގެ އަސަރު މެލޭޝިއާއާއި ފިލިޕީންސަށް

6 ދުވަސް ކުރިން - 12:45

އިންޑޮނޭޝިއާ އަށް އައި ބާރުގަދަ ބިންހެލުމަށްފަހު 230 ލޮޅުން

އިންޑޮނޭޝިއާ އަށް އައި ބާރުގަދަ ބިންހެލުމަށްފަހު 230 ލޮޅުން

24 ދުވަސް ކުރިން - 10:03

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

24 ދުވަސް ކުރިން - 23:48