އިސްރާއީލުން ލުބުނާނަށް އަރައި ދެމުންދާ ޙަމަލާތަކަށް ހިޒްބުالله އިން ރައްދުދީ އިސްރާއީލުގެ ގިނައަދަދެއްގެ ސިފައިން މަރާލައި އެތައްބަޔަކު ޒަޚަމް ކޮށްފި ކަމަށް ހިޒްބުﷲއިން އިޢުލާން ކޮށްފިއެވެ.
ހިޒްބުﷲއިން ބުނާ ގޮތުގައި އިސްރާއީލުގެ 70 ސިފައިން މަރާލައި 600 އަށްވުރެ ގިނަ ސިފައިން ވަނީ ޒަޚަމް ކޮށްލާފައެވެ. މީގެ އިތުރުން އިސްރާއީލުގެ އަސްކަރިއްޔާގެ ސަވައިލެންސް އާއި ޖާސޫސީ މަޢުލޫމާތު އެއްކުރުމަށް ބޭނުންކުރާ އެތައް ޑްރޯނެއް ވައްޓާލާފައިވާ ކަމަށް ވެސް ހިޒްބުﷲއިން ބުނެއެވެ.
އިސްރާއީލުގެ މަޤާމުތަކަށް އަމާޒުކޮށްގެން ކޮންމެ ދުވަހަކު މިސައިލާއި ރޮކެޓް ހަމަލާތައް ދެމުންދާ ހިޒްބުاللهގެ އަސްކަރީ ކެމްޕޭންގެ މަގުސަދަކީ ލުބުނާނުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ "ލާއިންސާނީ ޖަރީމާ" ތަކާއި ދެކޮޅު ހެދުމެވެ.
އިސްރާއީލުން ހިޒްބުﷲގެ މަތީ ފަންތީގެ ލީޑަރުން އަވަހާރަކޮށްލާފައިއިވިޔަސް،، އިސްރާއީލާއި ދެކޮޅަށް ހަމަލާ ދިނުމުގައި ހިޒްބުالله އިން ދެމިއޮންނާނެ ކަމަށާއި އަދި ކާމިޔާބީ ހޯދަމުން އަންނަ ކަމަށް ވެސް އެ ޖަމާޢަތުން ހާމަކުރިއެވެ.
މިހާރު ހިނގަމުންދާ އަނިޔާވެރިކަމުގެ ސަބަބުން އާންމުންނަށް ވެސް ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު، ފުޅާ ދާއިރާއެއްގައި ހިނގަމުންދާ ސަރަހައްދީ ހަމަނުޖެހުންތަކުގައި ބައިލައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
އިސްރާއީލުން ލުބުނާނަށް އެރިފަހުން ހިޒްބުﷲއިން ދިން ޙަމަލާތަކުގައި ހަލާކުކޮށްލި އިސްރާއީލުގެ ހަނގުރާމަމަތީ ސާމާނުތައް:
- 28 މިރްކަވާ ޓޭންކު
- 4 އަސްކަރީ ބުލްޑޯޒަރު
- އާމަރޑް ވެހިކަލެއް
- އާމަރޑް ޕާސަނަލް ކެރިއަރ އެއް
- 3 ހެރްމެސް-450
- 450 ޑްރޯން
- ހެރްމެސް-900
ހެރްމެސް އަކީ އިސްރާއީލުގެ ދިފާއީ ކުންފުނި އެލްބިޓް ސިސްޓަމްސް އިން އުފައްދާފައިވާ ޑްރޯންގެ ނަމުން ވެސް މަޝްހޫރު އަންމެނޭޑް އެރިއަލް ވެހިކަލް (ޔޫއޭވީ) އެވެ.









