ރައީސުލްޖުމްހޫރިއްޔާ ޓެކްސް އެޕީލް ޓްރައިބިއުނަލަށް 4 މެންބަރުން ޢައްޔަނުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު | 402 ދުވަސް ކުރިން - 24 އޮކްޓޯބަރު 2024 21:08
ޓެކްސް އެޕީލް ޓްރައިބިއުނަލް / ފޮޓޯ: އަވަސް
ޓެކްސް އެޕީލް ޓްރައިބިއުނަލް / ފޮޓޯ: އަވަސް
ޚުލާސާ

ރައީސުލްޖުމްހޫރިއްޔާ މި މެންބަރުން ޢައްޔަނުކުރައްވާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތީން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހަތަރު މެންބަރުން ޢައްޔަނުކުރައްވައިފިއެވެ.

މި ހަތަރު މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ރައީސުލްޖުމްހޫރިއްޔާ މި މެންބަރުން ޢައްޔަނުކުރައްވާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތީންނެވެ.

ޓްރައިބިއުނަލްގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި 13 ބޭފުޅަކު ކުރިމަތިލެއްވިއެވެ.

ޢައްޔަނުކުރެވުނު ހަތަރު މެންބަރުންނަކީ:

  1. ޙަސަން ޒުހައިރު މުޙައްމަދު، ގ. މާވާރުލު
  2. އިބްރާހީމް ޝަރީފް، ގ. އަލިޝާ
  3. އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްޤައްޔޫމް، ގަސްދޮށުގެ، ގއ. ނިލަންދޫ
  4. އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު، ހ. ހޯސްޓްސައިޑް

މި ބޭފުޅުން އައްޔަންކުރެއްވުމުގެ ކުރިން، ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ކުރިން ތިއްބެވި ހަތަރު މެންބަރުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މަޖިލީހުން އެގޮތަށް ސަރުކާރަށް ލަފާ ދެއްވުމުންނެވެ. މަޖިލީހުން އެގޮތަށް ނިންމެވީ ޓްރައިބިއުނަލްގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވި، ޖުޑީޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށްފަހުއެވެ.

ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުރީ ސަރުކާރުގެ ދުވަސްވަރު ކޮރަޕްޝަނަށް ތުހުމަތުވާގޮތަށް އެތައް ކަމެއް ޓްރައިބިއުނަލުން ކޮށްފައިވެއެވެ. އަދި ޚަރަދު ކުޑަކޮށް ކުރެވެންހުރި ކަންކަން ދައުލަތުގެ މާލިއްޔަތަށް ބުރަވާގޮތަށް، ބޮޑު އަގުގައި ކޮށްފައިވާކަންވެސް ފާހަގަކުރެވިފައިވެއެވެ.

މި މައްސަލަތަކާ ގުޅިގެން، ކޮރަޕްޝަނަށް ތުހުމަތުވާ ކަންކަން ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅުމަށްވެސް ޖުޑީޝަރީ ކޮމިޓީން ވަނީ ނިންމާފައެވެ.

ޓްރައިބިއުނަލުން ވަކިކުރެވުނު މެންބަރުންނަކީ ރައީސް މުޙައްމަދު މުނައްވަރު އަލީ، ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލް، މެންބަރު ޚަދީޖާ ނައީމް އަދި އަހުމަދު އަޝްރަފެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%