Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ނިންމުނީ 7 އަހަރުތެރޭ ދެމައްސަލަ

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ނިންމުނީ 7 އަހަރުތެރޭ ދެމައްސަލަ

އުސްތާޛް އަލީ އާދަމް
674 ދުވަސް ކުރިން - 24 އޮކްޓޫބަރު 2024 14:42
މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިގް ނުވަތަ ޓޮމް - ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް ޓޮމް ވަނީ ފާޑު ވިދާޅުވެފަ.
މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިގް ނުވަތަ ޓޮމް - ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް ޓޮމް ވަނީ ފާޑު ވިދާޅުވެފަ.
ޚުލާސާ

ޓްރައިބިއުނަލްގެ އޮފީހެއް ގާއިމް ކުރުމަށް އެމްޑީޕީ ސަރުކާރުން ބޮޑު އިންވެސްޓްމަންޓެއް ކުރި. އެ އިމާރާތުގެ މަހަކު ކުލީގެ ގޮތުގައި އެކަނިވެސް 375،000 ރުފިޔާ އަރާއިރު، މިއީ ބޮޑު މާލީ ބުރައެއްކަން ޠާރިގް ފާހަގަ ކުރެއްވި.

ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް ފާއިތުވީ 7 އަހަރުތެރޭ ނިންމުނީ އެންމެ ދެ މައްސަލަ ކަމަށާއި ދައުލަތުން އެތަނަށް ކުރާ ޚަރަދާއި އަޅާބަލާއިރު އެތަނުގެ މަސައްކަތާއިމެދު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދޭނެކަމުގެ ޖާގަ އޮވެދާނެ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިގް ނުވަތަ ޓޮމް ވިދާޅުވެއްޖެއެވެ.

މެމްބަރު އަހުމަދު ޠާރިޤް ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މަޤްޞަދާއި މެދު ސުވާލު އުފައްދާފައެވެ. ޓްރައިބިއުނަލްގެ ތެރެއިން ހުސްވެފައިވާ ހަތަރު މަގާމަށް މެންބަރުން އައްޔަންކުރުމާ ބެހޭ ގޮތުން މަޖިލީހުގައި ބޭއްވި މަޝްވަރާގައި އޭނާ ވަނީ ވަކި މުއައްސަސާއެއްގެ ލިމިޓެޑް އައުޓްޕުޓަށް ބަލާއިރު ވަކި މުއައްސަސާއެއް ދެމެހެއްޓުމުގެ މުހިންމުކަމާ މެދު ސުވާލު އުފައްދަވާފަ އެވެ.

ޓްރައިބިއުނަލްގެ މަސައްކަތް ނުކުރެވޭއިރު އެތަނަށް ބޮޑު ޚަރަދެއް ކުރާ ކަމެއްކަން ފާހަގަކުރައްވައި، ޓްރައިބިއުނަލްގެ އޮފީހެއް ގާއިމް ކުރުމަށް އެންމެ ފަހުން އެމްޑީޕީ ސަރުކާރުން ބޮޑު އިންވެސްޓްމަންޓެއް ކުރިކަން ފާހަގަކުރެއްވި އެވެ. އެ އިމާރާތުގެ މަހަކު ކުލީގެ ގޮތުގައި އެކަނިވެސް 375،000 ރުފިޔާ އަރާއިރު، މިއީ ބޮޑު މާލީ ބުރައެއްކަން ޠާރިގް ފާހަގަ ކުރެއްވިއެވެ.

Advertisement

Advertisement 1

އޭނާ ވިދާޅުވީ އިސްތިއުނާފު ނުކުރެވުމުން ޓެކްސް އޮތޯރިޓީތަކާ އެކު އުފެދޭ މައްސަލަތައް ހައްލުކުރުމަށް ޓްރައިބިއުނަލަކީ ފައިދާހުރި މަގެއް ކަމަށް އާންމުންނަށް ޤަބޫލު ނުކުރެވިދާނެ ކަމެވެ. ޓެކްސްއާ ގުޅުން ހުރި ޝަކުވާތައް ރަނގަޅަށް ބެލެހެއްޓުމަށްޓަކައި ސީދާ ކޯޓު ނިޒާމު މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ހުއްދަ ދިނުން ފަދަ ބަދަލު ހައްލުތަކެއް ހޯދުމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ޓޮމް ގޮވާލެއްވި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަމަށް 5 ބޭފުޅަކު އައްޔަންކުރައްވައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް 5 ބޭފުޅުން އައްޔަންކުރައްވައިފި

272 ދުވަސް ކުރިން - 16:07

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ފުރުސަތު އަލުން ހުޅުވާލައްވައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައްވައިފި

310 ދުވަސް ކުރިން - 18:22

ޓެކްސް އެޕީލް ޓްރައިބިއުނަލަށް 2 މެމްބަރަކު އައްޔަނުކޮށްފި

ޓެކްސް އެޕީލް ޓްރައިބިއުނަލަށް 2 މެމްބަރަކު އައްޔަނުކޮށްފި

320 ދުވަސް ކުރިން - 22:39

ޓެކްސް އެޕީލް ޓްރައިބިއުނަލަށް 7 ބޭފުޅެއްގެ ނަން، އެންމެ ކުރީގައި މަހާޒުގެ ނަން!

ޓެކްސް ޓްރައިބިއުނަލަށް 7 ބޭފުޅެއްގެ ނަން ފޮނުވައިފި

331 ދުވަސް ކުރިން - 12:55

ޓެކްސް އެޕީލް ޓްރައިބިއުނަލް އާއި އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ޓެކްސް ޓްރައިބިއުނަލް އާއި އެންއައިސީއަށް މެމްބަރުން އައްޔަނުކުރަނީ

374 ދުވަސް ކުރިން - 14:58

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

410 ދުވަސް ކުރިން - 20:37