Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅަނގުއައްސޭރީން 759 ޝަހީދުން

ހުޅަނގުއައްސޭރީން 759 ޝަހީދުން

ޖަވާދު
689 ދުވަސް ކުރިން - 20 އޮކްޓޫބަރު 2024 14:11
ހުޅަނގުއައްސޭރީގެ ޖަނާޒާއެއްގެ ތެރެއިން / ފޮޓޯ: އަލްޖަޒީރާ
ހުޅަނގުއައްސޭރީގެ ޖަނާޒާއެއްގެ ތެރެއިން / ފޮޓޯ: އަލްޖަޒީރާ
ޚުލާސާ

ކުރިން، ހުޅަނގު އައްސޭރިއަކީ އިސްރާއީލުން ރައްކާތެރިވާނެ ތަނެއް ކަމަށް ބުނެފައިވާ ސަރަޙައްދެއް ނަމަވެސް މިހާރު އެތަނުގައި އިސްރާއީލުން ދަނީ ފަލަސްޠީނު މީހުންނަށް އަމާޒުކޮށް އޮޕަރޭޝަންތައް ހިންގަމުން.

ހައްދުފަހަނައެޅި އިސްރާއީލުގެ ޔަހޫދީންގެ ފަރާތުން ފަލަސްޠީނު ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ބޮޑު މުޞީބާތުގައި މިދިޔަ އަހަރު އޮކްޓޯބަރުން ފެށިގެން ހުޅަނގުއައްސޭރީން 759 މީހުން ޝަހީދު ކޮށްލައިފި ކަމަށް ހުޅަނގުއައްސޭރީން ރިޕޯޓް ކޮށްފިއެވެ.

ކުރިން، ހުޅަނގު އައްސޭރިއަކީ އިސްރާއީލުން ރައްކާތެރިވާނެ ތަނެއް ކަމަށް ބުނެފައިވާ ސަރަޙައްދެއް ނަމަވެސް މިހާރު އެތަނުގައި އިސްރާއީލުން ދަނީ ފަލަސްޠީނު މީހުންނަށް އަމާޒުކޮށް އޮޕަރޭޝަންތައް ހިންގައި މުސްލިމުން ޝަހީދުކުރަމުންނެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުގެ އަނިޔާވެރިކަން ފެށުނު ފަހުން ގުދުސް ހިމެނޭ ގޮތަށް ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ސިފައިންނާއި އިސްތިއުމާރީން ޝަހީދުކޮށްލި ފަލަސްތީނުގެ މީހުންގެ އަދަދު 759 އަށް އަރާފައިވާއިރު، ހުކުރު ދުވަހު މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ޝަހީދު ވެފައިވާ މީހުންގެ ތެރޭގައި 165 ކުޑަކުދިންނާއި 18 އަންހެނުން ހިމެނެއެވެ. ހަމަ އެ މުއްދަތުގައި ރެކޯޑްކުރެވިފައިވާ 6،500 އަށް ވުރެ ގިނަ ޒަޚަމް ވެފައިވާ މީހުން ހިމެނެއެވެ.

Advertisement

Advertisement 1

މީގެ އިތުރުން އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ޣައްޒާއަށް ދޭ ޙަމަލާތައް ކުރިއަށްދާއިރު، އޭގެ ސަބަބުން 42،519 މީހުން ޝަހީދުންގެ ގޮތުގައި ޑޮކިއުމެންޓު ކުރެވިފައިވެއެވެ. އަދި 99،637 މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރެއިން ވެސް ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް އދ އިން މީގެ ކުރިން ވަނީ ބުނެފައެވެ.

އަދިވެސް ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި ނުވަތަ މަގުމަތީގައިވާ ކުނިބުނިތަކުގެ ދަށުގައި ތާށިވެފައި ތިބި އެތައް ހާސް ބަޔަކު ނުވަތަ ހަށިގަނޑުތައް ތިބި ކަމަށާއި އެމީހުން ސަލާމަތް ކުރުމަށް ރެސްކިއު ޓީމުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

އިސްރާއީލުން ފަލަސްޠީނަށް ހަމަލާތައް ދެމުން މިދަނީ މުޅި ފަލަސްޠީނުގެ އަސްލު ނަސްލު ނައްތާލުމުގެ މަޤުޞަދުގައެވެ. 

ފަލަސްތީން
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރު ޑރ. ޒުހުރީ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރަށް ފަތްކޮޅު އަރުވައިފި

5 ދުވަސް ކުރިން - 13:30

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

9 ދުވަސް ކުރިން - 13:09

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

10 ދުވަސް ކުރިން - 11:13

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

12 ދުވަސް ކުރިން - 22:41

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

18 ދުވަސް ކުރިން - 14:34

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

19 ދުވަސް ކުރިން - 12:03

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%