Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕީޕީއެމް އަސާސީ ޤަވަޢިދަށް މުހިންމު އިޞްލާޙްތަކެއް

ޕީޕީއެމް އަސާސީ ޤަވަޢިދަށް މުހިންމު އިޞްލާޙްތަކެއް

އައިޝަތު ރުވާ ރިފްޢަތު
642 ދުވަސް ކުރިން - 17 އޮކްޓޫބަރު 2024 18:37
ޕީޕީއެމް ސެނެޓުން މިއަދު ބޭއްވި ބައްދަލުވުން/ ފޮޓޯ: ޕީޕީއެމް
ޕީޕީއެމް ސެނެޓުން މިއަދު ބޭއްވި ބައްދަލުވުން/ ފޮޓޯ: ޕީޕީއެމް
ޚުލާސާ

އަސާސީ ޤަވާޢިދުގެ 9 ވަނަ ބާބުގެ ޕާޓީ އުވާލުމާ ގުޅޭ މާއްދާއަށް މުހިންމު އިޞްލާޙުތަކެއް ގެނެވިފައިވޭ. ކުރިން ޕާޓީ އުވާލުމަށް ސެނެޓުގެ 3/4 އަޣުލަބިއްޔަތު ބޭނުންވިނަމަވެސް، މިހާރުގެ އިޞްލާޙާއެކު ޕާޓީގެ ލީޑަރޝިޕަށް ފެންނަ ޙާލަތެއްގައި 2/3 އަޣުލަބިއްޔަތުން ޕާޓީ އުވާލުމަށް ނިންމިދާނެ ކަމަށް ނިންމި

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އަސާސީ ޤަވަޢިދަށް މުހިންމު އިޞްލާޙްތަކެއް ގެނެސްފިއެވެ. މި އިޞްލާޙްތައް ގެނެސްފައިވަނީ ޕާޓީ އުވާލަން ބޭނުންވާ ޙާލަތެއްގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރާ މާއްދާތަކަށެވެ.

މިއަދު ބޭއްވުނު ކުއްލި ސެނެޓު ބައްދަލުވުމެއްގައި މި އިޞްލާޙްތައް ފާސްކޮށްފައިވާއިރު، އަސާސީ ޤަވަޢިދުގެ 9 ވަނަ ޗެޕްޓަރގެ ޕާޓީ އުވާލުމާ ގުޅޭ މާއްދާއަށް ތިން މައިގަނޑު އިޞްލާޙެއް ގެނެސްފައިވެއެވެ.

ކުރިން އަސާސީ ޤަވަޢިދުގައި އޮތީ ޕާޓީ ހިންގުމަށް ދަތިވާވަރަށް ޕާޓީގެ މާލީ ޙާލަތު ދަށްވެ، ޕާޓީގެ ލީޑަރޝިޕުން ޕާޓީގެ ސެނެޓަށް ހުށަހަޅާ އެކަން ދިރާސާ ކުރުމަށްފަހު ޕާޓީ އުވާލަން ޖެހޭކަމަށް ސެނެޓްގެ 3/4 ގެ އަޣްލަބިއްޔަތުން ފާސްކޮށްފިނަމަ ޕާޓީ އުވާލެވިދާނެ ކަމަށެވެ. އެހެންނަމަވެސް، މިހާރު ގެނެސްފައިވާ އިސްލާހުގެ ދަށުން ޕާޓީގެ ލީޑަރޝިޕަށް ފެންނަ ހާލަތެއްގައި 2/3 ގެ އަޣުލަބިއްޔަތުން ޕާޓީ އުވާލުމަށް ނިންމިދާނެއެވެ.

Advertisement

Advertisement 1

މި ބައްދަލުވުމުގައި ޓުރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް، ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން، ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން އަދި އެހެނިހެން އިސް މެންބަރުން ބައިވެރިވެފައިވެއެވެ. އެހެންނަމަވެސް، ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް މި ބައްދަލުވުމުގައި ބައިވެރިވެފައެއް ނުވެއެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި ޕާޓީގެ ނައިބު ރައީސްގެ މަޤާމަށް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް އަދި ޕާޓީގެ ސެކެރެޓަރީ ޖެނެރަލްގެ މަޤާމަށް އައިޖީއެމްއެޗްގެ ސީއީއޯ އަބްދުއްރައްޒާޤް ހަލީމް އައްޔަނު ކޮށްފައިވާކަން ޕާޓީން ހާމަކޮށްފައިވެއެވެ.

ޕީއެމް ސެނެޓުން މިއަދު ބޭއްވި ބައްދަލުވުން/ ފޮޓޯ: ޕީޕީއެމް

ޕީޕީއެމް އުވާލަން އުޅޭކަމުގެ އަޑުތައް ފެތުރެމުންދާއިރު، ޕާޓީން މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް އެއްވެސް ބަޔާނެއް ދީފައެއް ނުވެއެވެ. އެހެންނަމަވެސް، މި އިޞްލާޙުތަކަކީ ޕާޓީ އުވާލުމަށް މަގުފަހިކުރާ ބަދަލުތަކެއްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޕީޕީއެމް ރަޖިސްޓްރީ ކުރެވުނު އިރު، ޕާޓީގެ ލީޑަރޝިޕާ ޙަވާލުވެ ހުންނެވީ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމެވެ. އޭގެ ފަހުން، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޢަބްދުﷲ ޔާމީޢަ އަބްދުލްޤައްޔޫމް ވާދަކުރައްވައި ވެރިކަމާއި ޙަވާލުވެވަޑައިގަތެވެ.

ނަމަވެސް، ޕާޓީގެ އެތެރޭގައި ޖެހުނު މައްސަލަތަކާ ގުޅިގެން ރައީސް ޔާމީން ޕީޕީއެމްގެ ބާރުތައް އަތުލެއްވިއެވެ. 2018ވަނަ އަހަރު ވެރިކަން ގެއްލުމާއި ގުޅިގެން، ރައީސް ޔާމީން ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދެވިއެވެ. މިކަން ކުރެއްވީ ރައީސް މައުމޫނަށް ޕީޕީއެމް ލިބިވަޑައިގަތުމުގެ ފުރުޞަތު އޮތް ކަމަށް ޔާމީނަށް ޤަބޫލުފުޅު ކުރެއްވޭތީއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަނުކުރެވުމުން، ޑރ. މުޙައްމަދު މުޢިއްޒު ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވިއެވެ.

ޕީޕީއެމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

44 ދުވަސް ކުރިން - 10:48

ރިޕޯޓު: އޭރު ދެކޮޅު، މިހާރު އެއްކޮޅު؟ ވެރިކަމުގެ ދަހިވެތިކަމުގައި ހަތުރުން މިތުރުންނަށް ހަދައިފި

ރިޕޯޓު: ވެރިކަމުގެ ދަހިވެތިކަމުގައި ހަތުރުން މިތުރުންނަށް ހަދައިފި

116 ދުވަސް ކުރިން - 17:58

ޕީޕީއެމް އުވައިލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފި

ޕީޕީއެމް އުވައިލުމަށް އީސީން މަސައްކަތް ފަށައިފި

580 ދުވަސް ކުރިން - 18:59

ޕީޕީއެމްގެ އިސް މަޤާމުތަކަށް އައު މެންބަރުން: ޚަލީލް ނައިބު ރައީސްކަމަށް، ޙަލީމް އެސްޖީއަކަށް

ޕީޕީއެމްގެ ނައިބު ރައީސަކަށް ޚާރިޖީ ވަޒީރު ޚަލީލް

642 ދުވަސް ކުރިން - 18:19