ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގެ 40 އަށްވުރެ ގިނަ މިސްކިތްތަކުގައި ހިލޭ ޤުރުއާން ކްލާސްތައް ފަށައިފިކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މި ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ގުރުއާން ކިޔެވުމާއި، ތަޖުވީދު ޢިލްމު އުނގެނުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ޕްރޮގްރާމަކީ ރައްޔިތުންގެ މެދުގައި ޤުރުއާނަށް ލޯބި ޖެއްސުމަށާއި، އިސްލާމްދީނުގެ އަސްލުތައް ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ރާއްޖޭގައި ގުރުއާން ކިޔެވުމުގެ ފެންވަރު މަތިވެ، ދީނީ ހޭލުންތެރިކަން އިތުރުވެގެންދާނެއެވެ.








