ހުރަވީ ސްކޫލުގެ 13 އަހަރުގެ ދަރިވަރެއް ކުއްލި ގޮތަކަށް މިއަދު ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ދަރިވަރުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައިފިއެވެ.
ރައީސް މުޢިއްޒުގެ އެކްސް އެކައުންޓުގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުރަވީ ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދިޔަ ފާޠިމަތު ޝިމާ މުޙައްމަދު ނިޔާވި ޚަބަރު އެއްސެވީ ނުހަނު ފުން އަސަރާއި ކަންބޮޑުވުމާއެކު ކަމަށެވެ.
"ލޮބުވެތި ދަރިވަރުގެ ބެލެނިވެރީންނަށާއި ޢާއިލާއަށް، އަދި ރަޙްމަތްތެރީންނަށާއި އެކުގައި ކިޔަވާ ކުދީންނަށް، އަދި ހުރަވީ ސްކޫލުގެ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ކުރިމަތިވި މި އުނދަގޫ ވަގުތުގައި ކެތްތެރިކަން މިންވަރުކޮށް ދެއްވުން އެދެމެވެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَޢުމުރުން 13 އަހަރުގެ އަންހެން ދަރިވަރު ފާޠިމަތު ޝިމާ މުޙައްމަދު، ހުރަވީ ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުން ދަނިކޮށް، ކުއްލި ގޮތަކަށް މިއަދު ނިޔާވި ޚަބަރު އަޅުގަނޑު އަޑު އެހީ، ނުހަނު ފުން އަސަރާއި ކަންބޮޑުވުމާއިއެކުއެވެ.ލޮބުވެތި…
— Dr Mohamed Muizzu (@MMuizzu)
?t=kqjwpaDEK1mxuvSptosBow&s=19
މީގެއިތުރުން ރައީސް މުޢިއްޒު ވަނީ އެ މަޢުޞޫމް ދަރިވަރު މާތްﷲގެ ތަނަވަސް ރަޙްމަތާއި ނިޢުމަތުގައި ލެހެއްޓެވުން އެދި ދުޢާ ކުރައްވާފައެވެ.









