ރާއްޖޭގައި ވޭޕް މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ނިންމެވުން އެމަނިކުފާނު އިއުލާނު ކުރެއްވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓް
ރައީސްގެ ނިންމެވުމުގައިވާ ގޮތުން، 15 ނޮވެމްބަރ 2024 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މަނާވާނެއެވެ. މީގެ އިތުރުން، 15 ޑިސެމްބަރ 2024 އިން ފެށިގެން ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުންވެސް މަނާވާނެއެވެ.
ރައީސް ވިދާޅުވީ މި ނިންމެވުން ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.
މި ނިންމެވުމަކީ ރާއްޖޭގައި ވޭޕްގެ ބޭނުންކުރުން އިތުރުވަމުން ދިއުމާ ގުޅިގެން، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި މި އާދަ ފެތުރެމުންދާތީ، އެކަމާ ގުޅިގެން ސަރުކާރުން އަޅުއްވާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މި ނިންމެވުމުގެ ސަބަބުން ރާއްޖޭގެ ތައްޔިތުންގެ ޞިއްޙަތަށް ކުރިމަތިވެފައިވާ ނުރައްކަލުން ސަލާމަތްވުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.









