އިސްރާއީލާއި ދެކޮޅަށް ރަސްމީކޮށް ހަނގުރާމަ އަދި ނުފަށާ ކަމަށާއި، ސަބަބަކީ އެކަމުގެ ސަބަބުން ދުވާލަކު 12 މިލިއަން ފީފާ ތެޔޮ ގެއްލޭނެތީ ކަމަށް ހިޒްބުﷲއިން ބުނެފިއެވެ.
ސަރަހައްދީ ފިތުނަތައް ބޮޑުތަނުން އިތުރުވަމުން އަންނައިރު، ދުވާލަކު 12 މިލިއަން ފީފާ ތެޔޮ ފޯރުކޮށްދިނުމަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ހިޒްބުﷲއިން ދީފައިވާއިރު، ތެލުގެ ވަސީލަތްތައް ރައްކާތެރިކޮށް ބެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހިޒްބުﷲއިން ބުނެއެވެ. މީގެ އިތުރުން މިދިޔަ ހަފްތާގައި ހަނގުރާމަވެރި ޖަމާޢަތް ކަމަށްވާ އިސްރާއީލާއި ދެކޮޅަށް އީރާނުން ދިން ހަމަލާތަކާ ގުޅިގެން ހަނގުރާމަވެރި އިސްރާއީލު ޖަމާޢަތުން ދަނީ އީރާނަށް ވަރަށް ވަރުގަދަ ރައްދު ހަމަލާ ދިނުމަށް ތައްޔާރުވަމުންނެވެ.
ހަނގުރާމަވެރި ޖަމާޢަތް ކަމަށްވާ ޔަހޫދީ އިސްރާއީލުންދަނީ މިކަމުގައި އެމެރިކާގެ އަސްކަރީ އެހީ ވެސް ހޯދަމުންނެވެ. ޓެރަރިސްޓު އިސްރާއީލު ހަނގުރާމަވެރި ޖަމާޢަތުން އެމެރިކާގެ ހަނގުރާމަމތީ ކޮމާންޑަރުން ހުސްވި ހަފްތާގައި ފެނިފައި ވަނީ އީރާނުގެ އަމާޒުތަކަށް ހަމަލާއެއް ދީފާނެ ސްޓްރެޓެޖިކް ޕްލޭންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަމަށެވެ. ނަމަވެސް ރައީސް ޖޯ ބައިޑަން ވަނީ އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާދޭން ފަސްޖެހިވަޑައިގަންނަވާކަން ފާޅުކުރައްވައި، އޭގެ ބަދަލުގައި ސަރަހައްދީ ހަމަޖެހުމަށް ކުރިމަތިވާ އިތުރު ވަގުތީ ނުރައްކާތަކަށް ސަމާލުކަން ދެއްވާފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.








