ހދ. ހިރިމަރަދޫގައި ޢިމާރާތް ކުރަމުންދާ އާ މިސްކިތް ނޮވެމްބަރު މަހަށް ނިންމޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ހިރިމަރަދޫގައި ޢިމާރާތް ކުރަމުން އަންނަ މިސްކިތަކީ ދަޢުލަތުގެ ބަޖެޓުން ޖުމްލަ އަށް މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތް ކުރަމުން އަންނަ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން 22 މިސްކިތެއްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މީގެ ތެރެއިން ބައެއް މިސްކިތްތަކުގެ މަސައްކަތް 2025 ވަނަ އަހަރުގެ ތެރޭގައި ނިންމޭ ވަރަށް މަސައްކަތް ކުރިއަށްދާކަމަށް އެ ވުޒާރާއިން ބުންޏެވެ. އަދި މިސްކިތްތަކުގެ މަސައްކަތުގެ ދުވެލި އަވަސް ކުރުމަށް ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.