ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމް ގެ ކޮރަޕްޝަން މައްސަލަތަކާއި ގުޅިގެން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތެރެއިން ގ.ފަހިވާގޭ ބައްސާމް އަދީލް ޖަލީލްގެ މިލްކިއްޔާތުގައި ހުޅުމާލޭ އަމީން އެވެނިއު އޯކް ގައި ހުރި ދެ ޕެންޓްހައުސް ފުލުހުންނާއި ހަވާލުކުރަން ކޯޓުން އަމުރު ކުރުމާއި ގުޅިގެން އެ މަސައްކަތް ފަށައިފިއެވެ.

އާދީއްތަ ދުވަހުގެ ކުރިން މި ދެތަން ވެސް ފުލުހުންނާއި ހަވާލު ކުރުމަށް ކޯޓުން ވަނީ ހުސްވި މަހުގެ 28 ވަނަ ދުވަހު އަމުރު ކޮށްފައެވެ.
މި ދެތަން އަތުލަނީ އެއީ ކޮވިޑް19އިގެ ދުވަސްވަރު އެފްއޭއެމަށް ފީފާއިން ދިން 1 މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެ އެ ފައިސާއިން ގަނެފައިވާ ތަންތަން ކަމަށް ކުރެވޭ ތުހުމަތާއި ގުޅިގެންނެވެ.









