ޖަޕާނުގެ މިޔާޒާކީ އެއާޕޯޓެއްގައި ވަޅުލާފައި އޮތް އެމެރިކާގެ ބޮމެއް ގޮވައިފިއެވެ. ބުދަ ދުވަހު ގޮވާފައިވާ މި ބޮަމަކީ ހުޅަނގުގެ މީޑިއާއިން ބުނާ ގޮތުގައި ދެވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާއިން ޖަޕާނަށް ވައްޓާލި ބޮންތަކުގެ ތެރެއިން ނުގޮވައި އޮތް ބޮމެކެވެ. މި ބޮން އޮތީ ވަޅުލާފައެވެ
ޖަޕާނުގެ ޑިފެންސް މިނިސްޓްރީއާއި ހަވާލާދީ ހަބަރުތައް ބުނާ ގޮތުގައި ބޮން ގޮވި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް ޓެކްސީވޭއެއްގައި ބޮޑު ވަޅުގަނޑެއް ހެދުނުއިރު 80 އަށް ވުރެ ގިނަ ފްލައިޓް ކެންސަލް ކުރަން ޖެހުނެވެ.
ޖަޕާނުގެ އެއާޕޯޓުގައި ވަޅުލައިފައި އޮތް ބޮން ގޮވުމުގެ ސަބަބުން ގާތްގަނޑަކަށް ހަތް މީޓަރު (23 ފޫޓު) ފުޅާ ވަޅުގަނޑެއް ހެދިފައިވާއިރު، ޖަޕާނުގެ އެކި ސަރަހައްދުތަކުގައި މިފަދަ ބޮންތައް ވަޅުލާފައި އެބަހުއްޓެވެ.
ޖަޕާނުގެ ސެލްފް ޑިފެންސް ފޯސަސްގެ ބޮން ނައްތާލުމުގެ ޓީމަކުން ވަނީ 500 ޕައުންޑްގެ އެމެރިކާގެ ބޮމެއް ގޮވައިފި ކަމަށް ކަށަވަރުކޮށްދީފަ އެވެ.
ކިޔުޝޫ ޖަޒީރާގެ އިރުދެކުނު ކޮޅުގައި އޮންނަ މިޔާޒާކީ އެއާޕޯޓަކީ 1943 ވަނަ އަހަރު ޖަޕާނުގެ އިމްޕިރިއަލް ނޭވީ ބޭސްއެއްގެ ގޮތުގައި ބިނާކުރި އެއާޕޯޓެކެވެ.
އެމެރިކާއިން ވައްޓާލި ގޮވާފައި ނުވާ އެހެން ބޮންތަކެއް 2009 އާއި 2011 ވަނަ އަހަރު ކޮންސްޓްރަކްޝަން ސައިޓަކުން ވެސް ފެނިފައި ވެއެވެ.









