އިސްރަށްވެހިންނަށް ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ އިސް ރަށްވެރިންގެ ނާދީއާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން އިސްރަށްވެހީންނަށް ދީނީ ނަޞޭޙަތް ދިނުމުގެ ޕްރޮގުރާމެއް ކުރިއަށްގެންގޮސްފައިވާ ކަމަށާއި، މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ މިއަދު ހަވީރު ކަމަށެވެ.
މިއަދު ހަވީރު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގުރާމް ނަންގަވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޡު އައްޝައިޚް އަޙްމަދު މައުމޫން ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މި ޕްރޮގުރާމުގައި އަލިއަޅުވާލާފައިވަނީ 'ޙަޔާތުގެ ފައިދާ ހެޔޮ ގޮތުގައި ލިބިގަންނާށެވެ.' މަޢުޟޫއުއަށް ކަމަށް ވުޒާރާއިން ބުންޏެވެ.
މީގެ ކުރިންވެސް ވުޒާރާގެ ފަރާތުން އިސްރަށްވެރިންގެ ނާދީގައި ރިސާލަތު ޕްރޮގުރާމާއި، ޒަކާތަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމުވެސް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.









