Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ލުބުނާނުގައި މިލިއަނަކަށްވުރެ ގިނަ މީހުން ހާލުގައި ޖެހޭނެ: ބޮޑުވަޒީރު

ލުބުނާނުގައި މިލިއަނަކަށްވުރެ ގިނަ މީހުން ހާލުގައި ޖެހޭނެ: ބޮޑުވަޒީރު

ޖަވާދު
709 ދުވަސް ކުރިން - 30 ސެޕްޓެންބަރު 2024 08:44
ލުބުނާނުގެ ރައްޔިތުންތަކެއް މަރުން ސަލާމަތްވުމަށް ފިލަން ދުވަނީ: މިހާތަނަށް 230،000 އަސްވުރެ ގިނަ މީހުން ވަނީ ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަ ކޮށްފައި
ލުބުނާނުގެ ރައްޔިތުންތަކެއް މަރުން ސަލާމަތްވުމަށް ފިލަން ދުވަނީ: މިހާތަނަށް 230،000 އަސްވުރެ ގިނަ މީހުން ވަނީ ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަ ކޮށްފައި
ޚުލާސާ

ލުބުނާނަށް އިސްރާއީލުން މިހާރު ދެމުންދާ ހަމަލާތަކުގައި 1600އަށްވުރެ ގިނަ މީހުން ޝަހީދުވެ އަދަދުތައް އިތުރުވަމުންދާއިރު އެގައުމުގެ ސަރުކާރުން ލަފާކުރަނީ މިލިއަނެއްހާ މީހުން ހާލުގައި ޖެހޭނެ ކަމަށް. މިހާތަނަށް 230،000 މީހުން ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަ ކޮށްފައިވާއިރު އެގައުމުން ވަނީ ބައިނަލް އަޤްވާމީ އެހީއަށް އެދިފައި

އިސްރާއީލުން ދިން ބޮޑެތި ހަމަލާ ތަކުގެ ސަބަބުން ލުބުނާނުގެ މިލިއަނަކަށްވުރެ ގިނަ މީހުން ހާލުގައި ޖެހޭނެ ކަމަށާއި ، ހާލުގައި ޖެހިފައިވާ މީހުންނށް އެހީތެރވެ މަސްރަހު ހަމަޔަކަށް އެޅުވުމަށް ބޭރުގެ އެހީއަށް އެދިފައިވާ ކަމަށް ލުބުނާނުގެ ބޮޑުވަޒީރު ނަޖީބު މިކާތީ ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު މީޑިއާއާ ވާހަކަދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު ވަރަށް ގިނަ ކަމަށާއި، އެއް މިލިއަނަށް އަރާފާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. "މިއީ ލުބުނާނުގައި ދިމާވެދާނެ އެންމެ ބޮޑު ޑިސްޕްލޭސްމަންޓް،" އޭނާ ވިދާޅުވިއެވެ.

ފާހަގަ ކުރެވޭ ގޮތުގައި ހުކުރު ދުވަހު އިސްރާއީލުން ވަނީ ބެއިރޫތުގެ މެދުތެރޭގައި ހުންނަ ހިޒްބުﷲގެ އޮފީހަކަށް ހަމަލާދީ ބާރުގަދަ ލީޑަރު ހަސަން ނަޞްރުﷲ އަވަހާރަ ކޮށްލާފައެވެ. އަދި މިދިޔަ ހޯމަ ދުވަހުން ފެށިގެން ލުބުނާނުގެ އިރުމައްޗާއި ދެކުނާއި ދެކުނު ބެއިރޫތަށް އިސްރާއީލުން ދިން ބޮޑެތި ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެ، އެތައް ބަޔަކު ގެދޮރު ދޫކޮށް ފިލަން މަޖުބޫރު ވެފައި ވެއެވެ. މި ހަމަލާތައް ދީފައިވަނީ ޣައްޒާ ހަނގުރާމައާ ގުޅިގެން ހިޒްބުﷲ އާއި އެކު ބޯޑަރު ހުރަސްކޮށް ހިނގި ހަމަލާތަކެއް ހިނގިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން، އިސްރާއީލުން ލުބުނާނަށް އޮޕަރޭޝަންތަކުގެ ފޯކަސް ބަދަލުކުރި ދަނޑިވަޅެއްގައެވެ.

Advertisement

Advertisement 1

ލުބުނާނުގެ މި ނާޒުކު ހާލަތާއި ގުޅިގެން އދ. އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ދެ ފަރާތުން ވެސް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވެއެވެ. ޚުދު އެމެރިކާއާއި ހުޅަނގުން ވެސް 3 ހަފްތާއަށް ހަނގުރާމަ ހުއްޓާލުމަށް ޔަހޫދީ ސަރުކާރަށް އެންގިއެވެ. ނަމަވެސް ޔަހޫދީ ސަރުކާރުން އެކަމަށް އިޖާބަ ނުދިންއިރު އެމެރިކާއިން އޭރު ވެސް ދިޔައީ ޔަހޫދީ ދައުލަތަށް އިތުރު ބޮމާއި ހަތިޔާރުތައް ދެމުންނެވެ.

މި ހާލަތުގައި ލުބުނާނުގެ ސަރުކާރުން ވަނީ ބޭރުގެ އެހީއަށް އެދިފައިވާއިރު، 

ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވެފައިވާ މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ.

ޣައްޒާ ހަނގުރާމަ ފެށުމާއި ގުޅިގެން ހިޒްބުﷲގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުން ފެށި ހަމަލާތަކުގައި މިހާތަނަށް ލުބުނާނުން 1640 މީހުން ޝަހީދުވެފައި ވާކަމަށް ހަބަރުތައް ބުނެއެވެ. އޭގެ ތެރޭގައި ލުބުނާންގެ 104 ކުޑަކުދިން،ނާއި 194 އަންހެނުން ހިމެނޭއިރު، މި ހަމަލާތަކުގައި މަދުވެގެން 8،408 މީހުން ވަނީ ޒަހަމް ވެފައެވެ. ލުބުނާނުގެ އެކި ސަރަހައްދު ތަކަށް ބޮން އެޅުމާއި ގުޅިގެން ގެދޮރު ދޫކޮށްލި މީހުންގެ އަދަދު 116،100 އަށް ވުރެ ގިނަ އެވެ. އިއްޔެގެ ނިޔަލަށް ރެފިއުޖީންގެ ގޮތުގައި ވަގުތީ ހިޔާގައި 777 މީހުން ތިބިއިރު، ރެފިއުޖީންގެ އަދަދު މިލިއަނަކަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މިހާތަނަށް 230،000 އަސްވުރެ ގިނަ މީހުން ވަނީ ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަ ކޮށްފައެވެ.

ލުބުނާންބެއިރޫތު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިޒުރޭލު “ނަރަކައަކަށް” ހަދާލަން ތައްޔާރު: އީރާން

އިޒުރޭލު “ނަރަކައަކަށް” ހަދާލަން ތައްޔާރު: އީރާން

95 ދުވަސް ކުރިން - 10:43

ބެއިރޫތުގެ ދެކުނު ސަބަރބްސް އަށް ހަމަލާ ދިނުމަށް ތަންޔާހޫ އަމުރުކޮށްފި

ބެއިރޫތުގެ ދެކުނު ސަބަރބްސް އަށް ހަމަލާ ދިނުމަށް ތަންޔާހޫ އަމުރުކޮށްފި

100 ދުވަސް ކުރިން - 13:54