އަމިއްލަ ދަނޑުގައި ރޭ 5-1 ލަނޑުން އާސެނަލުން ބޯލްޓަން ބަލިކޮށްފިއެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު ކަރަބާއޯ ކަޕްގައި ޒުވާން ކުޅުންތެރިޔާ އީތަން ންވާނޭރީ އާއި އަލަށް ގެނައި ރަހީމް ސްޓާލިން ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
އާސެނަލުން ފުރަތަމަ ގޯލު ޖެހީ 16ވަނަ މިނެޓުގައި ޑެކްލަން ރައިސްއެވެ.
އުމުރުން އެންމެ 17 އަހަރުގެ އަދި ކްލަބަށް ފުރަތަމަ މެޗު ކުޅެން ފެށި ންވާނޭރީ ވަނީ ސްޓާލިންގެ ތަނަވަސްކޮށްދިން ފުރުސަތެއްގައި މެޗުގެ 37 ވަނަ މިނެޓުގައި ގޯލު ޖަހައި ލީޑު ފުޅާކޮށްފައެވެ. ފުރަތަމަ ހާފު ނިންމާލީ މި ނަތީޖާގައި އޮވެއެވެ. ނަމަވެސް، ބްރޭކަށް ފަހު މާގިނައިރުތަކެއް ނުވެ ނަވާނޭރީ ވަނީ އޭނާގެ ދެވަނަ ގޯލު ޖަހާފައެވެ. މިއީ ރައިސް ދިން ޕާހެއްގައި ޖެހި ގޯލެކެވެ. ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން ލިބުނު ކައުންޓަރ އެޓޭކެއްގައި އާރޮން ކޮލިންސް ވަނީ ގޯލު ޖަހައި ބޯލްޓަންގެ ސުން ކަނޑުވާލާފައެވެ.

އާސެނަލްގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ސްޓާލިން އެވެ. އަދި ފަހު ވަގުތު ކުޅެން އެރި ކައި ހާވަރޓްޒް ވަނީ 77 ވަނަ މިނެޓުގައި ގޯލު ޖަހައި 5-1 އަށް ސްކޯ ބަދަލު ކޮށްފަ އެވެ.
ޕްރިމިއަރ ލީގުގައި ކުޅުނު ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކު އާސެނަލް އޮތީ އެ ލީގުގެ 4ވަނައިގައެވެ.









