Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އިތުރުވާނެ ކަމުގެ ފެހި ސިގްނަލް ލިބިއްޖެ

އުސްތާޛް އަލީ އާދަމް
745 ދުވަސް ކުރިން - 24 ސެޕްޓެންބަރު 2024 08:03
ސައުދީގެ ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދު އދ.ގެ ޢާންމު މަޖިލީހުގެ ހަވާސާގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒުއާއެކު މަޝްވަރާ ކުރައްވަނީ
ސައުދީގެ ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދު އދ.ގެ ޢާންމު މަޖިލީހުގެ ހަވާސާގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒުއާއެކު މަޝްވަރާ ކުރައްވަނީ
ޚުލާސާ

ސައުދީ އަރަބިއްޔާއިން ވަނީ ރާއްޖެއަށް އެކި ދާއިރާތަކުން ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދެމުން ގެންދާއިރު ސަރުކާރުގެ އެދުމަށް ހައްޖު ކޯޓާ އިތުރުކުރުމުގެ ކަންތައްތައް ހުޅުވާލެވިފައިވާ ކަމަށް ބުނެ ފެހި ސިގުނަލް ދެއްވާފައި

ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އިތުރުވާނެ ކަމުގެ ފެހި ސިގްނަލް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް ސައޫދީ ސަރުކާރުން ދެއްވައިފިއެވެ.

ސައުދީ އަރަބިއްޔާއިން މި ފެހި ސިގްނަލް ރައީސް މުއިއްޒުއަށް ދެއްވީ މިހާރު ނިއުޔޯކުގައި ކުރިޔަށްދާ އދގެ މުހިއްމު ބައްދަލުވުންތަކުގެ ހަވާސާ ތެރެއިން ސައޫދީ ސަރުކާރުގެ ވަފްދާއި ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢީއްޒު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އދ.ގެ އާންމު މަޖިލީހަށް ސައުދީ ވަފުދު އިސްކޮށް ހުންނެވި ސައުދީގެ ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދު އާއެކުގައެވެ.

ދިވެހީންގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ދެގައުމުގެ ދެމެދުގައި އޮންނަ ބަދަހި ގުޅުމަށް އަލިއަޅުވާލައްވައި ތަރައްގީގެ މަޝްރޫއުތައް ހިމެނޭ ގޮތަށް އެކި ދާއިރާތަކުން ސައުދީ އަރަބިއްޔާއިން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި ހަމައަކަށް އެޅުވުމަށް ކުރާ މަސައްކަތަށް އެހީތެރިވެދިނުމުގައި ސައުދީން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

Advertisement

Advertisement 1

މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނު މުހިންމު އެއް މައްސަލައަކީ ދިވެހިންނަށް ހައްޖު ކޯޓާ އިތުރުކޮށްދިނުމަށް ރާއްޖެއިން އެދޭކަމެވެ. 

މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ ، ހައްޖުގެ މާތް އަޅުކަމަށް މައްކާއަށް ދިޔުމަށްޓަކައި ކޮންމެ އަހަރަކު ވެސް ފައިސާ އެއްކޮށްގެން އެހެންނަމަވެސް ކޯޓާ ލިބޭލެއް މަދު ވުމުގެ ސަބަބުން ވަރަށް ގިނަ ދިވެހި ރައްޔިތުން ކިޔޫގައި ތިބެންޖެހޭތީވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ރާއްޖެއަކީ ސައޫދީ ފިޔަވައި ދެން މި ދުނިޔޭގައި އޮތް ހަމައެކަނި ސައްތައިން ސައްތަ އިސްލާމީ ދައުލަތް ކަމަށް ވާއިރު ، ހައްޖު ކޯޓާ ރާއްޖެއަށް އިތުރު ކުރުމަކީ ދިވެހި ރައްޔިތުން އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

އެކަމާ ގުޅިގެން ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދު ވަނީ ރާއްޖެއަށް ހައްޖު ކޯޓާ ފުޅާކުރުމަށް މަޝްވަރާ ކުރުމަށް ސައުދީ ސަރުކާރުން ހުޅުވާލެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ތަރައްގީގެ ދާއިރާ ހިމެނޭ ގޮތަށް ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ސައުދީ އަރަބިއްޔާއިން ދެމިއޮތް ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އަތޮޅުތަކުގައި "ސަރުކާރުގެ ހިދުމާތު މަރުކަޒު"ތައް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

އަތޮޅުތަކުގައި "ސަރުކާރުގެ ހިދުމާތު މަރުކަޒު"ތައް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

1 ދުވަސް ކުރިން - 15:40

އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ގާއިމުކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށް

1 ދުވަސް ކުރިން - 15:38

މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

1 ދުވަސް ކުރިން - 13:19

10 ރިސޯޓު ތަރައްގީކުރުމަކީ ފަތުރުވެރިކަމަށް ބޮޑު އިިންގިލާބެއް ގެންނާނެ ކަމެއް: އަފީފް

10 ރިސޯޓު ތަރައްގީކުރުމަކީ ފަތުރުވެރިކަމަށް ބޮޑު އިިންގިލާބެއް ގެންނާނެ ކަމެއް: އަފީފް

5 ދުވަސް ކުރިން - 12:37

އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް ޝަމްއޫން ހަމީދު އައްޔަންކުރައްވައިފި

އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް ޝަމްއޫން ހަމީދު އައްޔަންކުރައްވައިފި

5 ދުވަސް ކުރިން - 11:46

"ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ 2040 ގެ ތަސައްވުރުގެ ވަރުގަދަ ބިންގަލެއް"

"ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ 2040 ގެ ތަސައްވުރުގެ ވަރުގަދަ ބިންގަލެއް"

7 ދުވަސް ކުރިން - 13:35