Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސް ރާއްޖޭގެ މިހާރުގެ ހާލަތު ގުޓަރޭޒްއަށް އޮޅުންފިލުވައިދެއްވައިފި

ރައީސް ރާއްޖޭގެ މިހާރުގެ ހާލަތު ގުޓަރޭޒްއަށް އޮޅުންފިލުވައިދެއްވައިފި

އާނާ ފަހީމް
670 ދުވަސް ކުރިން - 23 ސެޕްޓެންބަރު 2024 09:54
ރައީސްއާއި ގުޓަރޭޒް
ރައީސްއާއި ގުޓަރޭޒް
ޚުލާސާ

މި ބައްދަލުވުމުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ މައިގަނޑު މައްސަލަތަކާ ގުޅޭ ކަންކަމުގައި މަސައްކަތްކުރުމަށް ރައީސް މުޢިއްޒު ޝައުޤުވެރިކަން ފާޅުކުރެއްވި. ރާއްޖެއަށް ކުރިމަތިވާ އެހެނިހެން މުހިންމު ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ގުޓަރޭޒް ދެއްވި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކްސަލަންސީ އެންޓޯނިއޯ ގުޓަރޭޒްއާ އިއްޔެ ބައްދަލުކުރައްވައި، ރާއްޖޭގެ މިހާރުގެ ހާލަތު އޮޅުންފިލުވައި ދެއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުޢިއްޒު އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް އޮފީހުން ބުނާ ގޮތުގައި، މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ އދ. ގެ ނިޒާމުގެ ތެރޭގައި ރާއްޖެއިން މިހާރަށްވުރެ ހަރަކާތްތެރި ދައުރެއް އަދާކުރުމަށް ތައްޔާރަށް ހުރިކަން ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ މައިގަނޑު މައްސަލަތަކާ ގުޅޭ ކަންކަމުގައި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

އަދި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވވާލައްވައި، ދަރަނި ކުޑަކުރުމާއި މާލީ ހާލަތު ރަނގަޅުކުރުމަށް ފިސްކަލް ރިފޯމް އެޖެންޑާއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. މި މަސައްކަތުގައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ސެކްރެޓަރީ ޖެނެރަލް ގުޓަރޭޒް ވަނީ ބައިނަލްއަޤްވާމީ މައްސަލަތަކުގައި، ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާފައެވެ. އަދި ރާއްޖެއަށް ކުރިމަތިވާ އެހެނިހެން މުހިންމު ކަންކަމުގައިވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ބައްދަލުވުން ނިންމަވާލައްވަމުން، ރައީސް މުޢިއްޒު ވަނީ ދުނިޔޭގެ މަސްރަޙުގައި ބޮޑެތި މައްސަލަތަކަށް ބަހުސްކުރުމުގައި އެންމެހާ މެންބަރު ޤައުމުތަކަށް ހަމަހަމަ ފުރުޞަތު ދެއްވުމަށް ސެކްރެޓަރީ ޖެނެރަލްގެ ލީޑަޝިޕްގެ ދަށުން ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމަކީ ރައީސް މުޢިއްޒު އދ. ގެ ސެކްރެޓަރީ ޖެނެރަލް ގުޓަރޭޒްއާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ރާއްޖެއާއި އދ. އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ދައުރު ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ އެކި ޤައުމުތަކުގެ ލީޑަރުންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު އެކި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުން ފެންނަނީ ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި އަދާކުރާ ދައުރު އިތުރަށް ފުޅާކުރުމަށާއި، ރާއްޖެއަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމެވެ. އަދި މި ކަންކަމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް ކުރައްވާ މަސައްކަތްތަކުގެ ސިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

1 ދުވަސް ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

2 ދުވަސް ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

2 ދުވަސް ކުރިން - 15:22

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

2 ދުވަސް ކުރިން - 15:12

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

2 ދުވަސް ކުރިން - 15:04

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

3 ދުވަސް ކުރިން - 18:38