Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ޓީމު ބޫޓާނަށް ފުރައިފި

17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ޓީމު ބޫޓާނަށް ފުރައިފި

އައިޝަތު ރުވާ ރިފްޢަތު
631 ދުވަސް ކުރިން - 17 ސެޕްޓެންބަރު 2024 23:18
17 އަހަރުން ދަށު ރާއްޖެ ޓީމު / ފޮޓޯ: ޕީއެސްއެމް
17 އަހަރުން ދަށު ރާއްޖެ ޓީމު / ފޮޓޯ: ޕީއެސްއެމް
ޚުލާސާ

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބޫޓާނުގައި މި މަހުގެ 20 އިން 30 އަށް. ރާއްޖޭގެ ޓީމުން ކުޅޭ ފުރަތަމަ މެޗު އޮންނާނީ މި މަހުގެ 22 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް.

ކުރިއަށް އޮތް 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު މިއަދު ހަވީރުގެ ވަގުތެއްގައި ބޫޓާނަށް ފުރައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބޫޓާނުގައި މި މަހުގެ 20 އިން 30 އަށެވެ.

މި މުބާރާތުގައި ރާއްޖެ ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝް އާއެކު ގްރޫޕް އޭގައެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ރާއްޖޭގެ ޓީމުން ކުޅޭ ފުރަތަމަ މެޗު އޮންނާނީ މި މަހުގެ 22 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި ދެވަނަ މެޗު ކުޅޭނީ އޭގެ ދެ ދުވަސް ފަހުން އިންޑިއާއާ ދެކޮޅަށެވެ.

Advertisement

Advertisement 1

މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޓީމުގެ ކޯޗަކީ މުޙައްމަދު އާދަމެވެ. އޭނާއަކީ މީގެ ކުރިން ވިކްޓަރީ ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ވިކްޓަރީއަށް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ.

މުޙައްމަދު އާދަމްގެ އިރުޝާދުގެ ދަށުން ޒުވާން ޓީމުން ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ފަރިތަކުރުންތައް ފަށައި، ތަމްރީނު ހޯދުމުގެ ގޮތުން އެކުވެރިކަމުގެ ގިނަ މެޗުތަކެއްވެސް ކުޅެފައެވެ.

ގައުމީ ފުޓްބޯޅަ ޓީމުސާފް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވީހާވެސް ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

8 ދުވަސް ކުރިން - 10:38

ދިވެހި ފުޓުބޯޅައިގެ ރަން ތާރީހުގެ "ވަރުގަދަ އަޒުމް": އަލީ އަޝްފާގުގެ ސަތޭކަ މެޗަކީ ގައުމީ ފަހުރެއް

ދިވެހި އެއްބައިވަންތަކަމުގެ ރަމްޒު، އަލީ އަޝްފާގުގެ ސަތޭކަ މެޗަކީ ގައުމީ ފަހުރެއް

8 ދުވަސް ކުރިން - 23:56

ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓު ވިއްކަން ހުޅުވާލައިފި؛ ސިޑިބަރި 15 އަށް، ގޮނޑިބަރި 20 އަށް

ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓު ވިއްކަން ހުޅުވާލައިފި

81 ދުވަސް ކުރިން - 02:10

މިއޮތީ ފުރުސަތު! 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުންތެރިން ހޮވަން އޯޕަން ސެޝަނެއް ބާއްވަނީ

ގައުމީ ޓީމަށް ކުޅުންތެރިން ހޮވަން އޯޕަން ސެޝަނެއް

131 ދުވަސް ކުރިން - 17:18

ބަންގްލަދޭޝް އިން އަންހެން ފުޓްސަލް ޗެލެންޖުގެ ތަށި ނަގައިފި

ބަންގްލަދޭޝް އިން އަންހެން ފުޓްސަލް ޗެލެންޖުގެ ތަށި

136 ދުވަސް ކުރިން - 21:54

ފުޓްސަލް މުބާރާތުގައި ގައުމީ އަންހެން ޓީމް ޕާކިސްތާނު އަތުން ބަލިވެއްޖެ

ގައުމީ އަންހެން ޓީމް ޕާކިސްތާނު އަތުން ބަލިވެއްޖެ

144 ދުވަސް ކުރިން - 22:43