ދިވެހި ޤައުމު ހިންގުމުގެ ޑިމޮކްރެޓިކް ނިޒާމު ބިނާކުރަން ވާނީ، އިސްލާމް ދީނާ، ދިވެހި ރައްޔިތުން ޤަބޫލުކުރާ ހަމަތަކާ، ދިވެހިވަންތަ އާދަކާދަތަކުގެ މައްޗަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ،މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހާއި ގުޅިގެން މިއަދު ކުރެއްވެވި އެކްސް ގައެވެ.
ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މިސަރުކާރުން އިސްލާމް ދީން ކުރިއަރުވަން ގިނަ ގުނަ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން ހާފިޒުން އިތުރުކުރުމާއި ހާފިޒުންނަށް ހިތްވަރު ދިނުމުގެ ގޮތުން އުމްރާ ދަތުރުތައް ދިނުމާއި އަދި ދަރަޖައަށް ބެލުމެއްނެތި ގައުމީ ފެންވަރުގައި އެކަން ފާހަގަކުރުމަށް ދެވޭ ހާއްސަ އިނާމު ދިނުމާއި، އިމާމުން އިތުރުކުރުމާއި ، ޒުވާން އިމާމުން އުފެއްދުމާއި އަދި އިމާމުންނަށް ތަމްރީނު ދިނުމަށް ގައުމީ ފެންވަރުގައާއި އަދި ރާއްޖެއިން ބޭރަށް ފޮނުވުމަކީ އިސްލާމް ދީނުގެ ކަންތައްތައް ކުރިއެރުވުމަށްޓަކައި މިސަރުކާރުން ކުރަމުން ގެންދާ ފާހަގަކޮށްލެވޭ މަސައްކަތްތަކެވެ.
ރައީސްގެ އެދިވަޑައިގަތުމަކީ އިސްލާމްދީނާއި އާދަކާދައާއި ރައްޔިތުން ޤަބޫލުކުރާ ހަމަތަކުގެ މަތިން ޤައުމުގެ ކަންކަން ބައްޓަން ކުރެއްވުމެވެ.










