އިބާދުالله އާދަމް އާއި އަހުނާ 100 މީޓަރުގެ ޗެމްޕިއަންކަން ހޯދައިފި

އުސްތާޛް މުޙައްމަދު ޢަލީ | 515 ދުވަސް ކުރިން - 6 ސެޕްޓެންބަރު 2024 14:57
ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެނުންގެ 100 މީޓަރު ދުވުން - ފޮޓޯ: ސިޑިބަރި
ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެނުންގެ 100 މީޓަރު ދުވުން - ފޮޓޯ: ސިޑިބަރި
ޚުލާސާ

ގައުމީ އެތުލެޓިގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އިބާދުالله އާދަމް ރޭސް ނިންމާލީ 10.59 ސިކުންތުން. އަހުނާ ނިޒާރު ރޭސް ނިންމާލީ 12.33 ސިކުންތުން

ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ފިރިހެން 100 މީޓަރު ދުވުމުން ރައުހަތު ސްޕޯޓްސް ކްލަބުގެ އިބާދުالله އާދަމް ރޭސް ނިންމާލީ 10.59 ސިކުންތުންނެވެ. ދެވަނައިގައި 10.67 ސިކުންތުން ދުވި ދިވެހި ސިފައިންގެ ކްލަބުގެ ހަސަން ސައީދު ހޯދިއިރު، ތިންވަނަ ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ މުހައްމަދު މިންހާލް ޝާމިން 10.74 ސިކުންތުންނެވެ.

އަންހެން 100 މީޓަރު ދުވުމުގެ އެއްވަނައިގައި ޝަރީފް ސްޕޯޓްސްގެ އަހުނާ ނިޒާރު ވަނީ 12.33 ސިކުންތުން ރޭސް ފުރިހަމަކޮށްފައެވެ. ދެވަނަ ހޯދި ކަސްޓަމްސް ރެކްރިއޭޝަން ކްލަބުގެ އައިޝަތު ޝަބާ ސަލީމް 12.40 ސިކުންތުން ރޭސް ނިންމާފައިވާއިރު، ތިން ވަނަ ހޯދީ އައްޑޫގެ އައިޝަތު ހިމްނާ ހަސަން 12.50 ސިކުންތުންނެވެ.

މިއަދު ފެށި ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުރިޔަށް ދާނީ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%