ދުބާއީގައި އޮތް އެތުލެޓިކްސް މުބާރާތަކުން ރާއްޖޭގެ ނާއިކަށް 2 ރަން މެޑަލް

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 2 ދުވަސް ކުރިން - 1 ފެބްރުއަރީ 2026 10:07
ދުބާއީގައި ބޭއްވި އެތްލެޓިކްސް މުބާރާތުން ދެ ރަން މެޑަލް ހޯދި ނާއިކް---
ދުބާއީގައި ބޭއްވި އެތްލެޓިކްސް މުބާރާތުން ދެ ރަން މެޑަލް ހޯދި ނާއިކް---
ޚުލާސާ

ޖަމްޕް ފެސްޓް އަކީ ދުބާއީގެ ޓްރެކް އެންޑް ފީލްޑް ކްލަބެއް ކަމަށްވާ އޭއައިއެސް އެތުލެޓިކުން އިންތިޒާމް ކޮށްގެން ބޭއްވި މުބާރާތެއް

ދުބާއީގައި ބޭއްވި ޖަމްޕް ފެސްޓް މުބާރާތުގައި ވާދަކޮށް ރާއްޖޭގެ އެތުލީޓް ޔޫސުފް ނާއިކް ވަޖީހު ރަން ދެ މެޑަލް ހޯދައިފި އެވެ.

އުމުރުން 17 އަހަރުގެ ނާއިކް މި ދެ މެޑަލް ހޯދީ ހައި ޖަމްޕް އަދި ލޯންގް ޖަމްޕް އިންނެވެ. ރާއްޖޭގެ ހައި ޖަމްޕް ގައުމީ ރެކޯޑް އޮންނަ ނާއިކް ވަނީ މި މުބާރާތުގައި 1.92 މީޓަރަށް ފުންމައިގެން އޭނާގެ ކުރީގެ ރެކޯޑު އާކޮށްފަ އެވެ. އޭނާ އަތުގައި ކުރިން ގައުމީ ރެކޯޑް އޮތީ 1.88 މީޓަރަށް ފުންމައިގެންނެވެ.

ހައި ޖަމްޕް ކޮށްގެން ނާއިކް މި ރެކޯޑު މުގުރާލީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އޮތް އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަރާތުން ވާދަކޮށެވެ. 15 އަހަރާއި ހަ މަސް ވެފައި އޮތް މި ރެކޯޑް އޭނާ މުގުރާލީ އުމުރުން އެންމެ 16 އަހަރުގަ އެވެ.

ނާއިކްގެ ހައި ޖަމްޕް ރެކޯޑް އާކުރުމަށް އޭނާ ވަނީ ޔޫއޭއީގައި ކޯޗު ކޭޓް އަންސޮންގެ ބެލުމުގެ ދަށުން އެއް މަސްދުވަހުގެ ހައި ޖަމްޕް ޓްރޭނިން ޕްރޮގްރާމެއް ވެސް ފުރިހަމަކޮށްފަ އެވެ. ރާއްޖޭގެ ހައި ޖަމްޕް ގައުމީ ރެކޯޑް ނާއިކް މުގުރާލާފައިވާއިރު، ޖޫނިއާ 18 އަހަރުން ދަށާއި 20 އަހަރުން ދަށުގެ ޔޫތު ހައި ޖަމްޕް ރެކޯޑް ވެސް އޮންނަނީ އޭނާގެ އަތުގަ އެވެ.

ހައި ޖަމްޕް ގައުމީ ރެކޯޑް މީގެ ކުރިން އޮތީ 2009 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި އަށްވަނަ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޗެމްޕިއަންޝިޕްގައި 1.85 މީޓަރަށް ފުންމި އަހުމަދު ޒަބީރު އަތުގަ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%