Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންވެސްޓްމަންޓް މާހައުލު ކުރިއެރުވުމަށް އިތުރު ގާނޫނީ އިސްލާހުތަކެއް ގެނައުމަށް ރާވާފައިވާކަން އޭޖީ އިއުލާންކޮށްފި

އިންވެސްޓްމަންޓް މާހައުލު ކުރިއެރުވުމަށް އިތުރު ގާނޫނީ އިސްލާހުތަކެއް ގެނައުމަށް ރާވާފައިވާކަން އޭޖީ އިއުލާންކޮށްފި

އުސްތާޛް އަލީ އާދަމް
691 ދުވަސް ކުރިން - 3 ސެޕްޓެންބަރު 2024 16:31
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
ޚުލާސާ

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އިއުލާން ކުރެއްވީ، މިއަދު ފޮރިން އިންވެސްޓްމަންޓް ގާނޫނު ތަސްދީގުކުރުމާ ގުޅިގެން، ރާއްޖޭގައި އިންވެސްޓްމަންޓަށް މާ ފަހި މާހައުލެއް ގާއިމް ކުރުމަށް ގާނޫނީ އިތުރު އިސްލާހުތަކެއް ހުށަހަޅަން ރާވާފައިވާ ކަމަށެވެ. ކުރީގެ ވެރިކަންތަކުގައި ވެސް މިމަސައްކަތް ކުރަން އުޅުނުކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް ގާއިމްކުރުމަށް މިހާރު ހުރި ގާނޫނުތަކަށް އިތުރު އިސްލާހުތަކެއް ހުށަހަޅަން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވައުދުވެވަޑައިގެންފި އެވެ. މިކަން ހާމަކޮށްފައިވަނީ، މިއަދު ފޮރިން އިންވެސްޓްމަންޓް ޤާނޫނު ފާސްކުރުމާ ގުޅިގެން، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިންނެވެ.

އޭޖީ އުޝާމް ގަބޫލުކުރެއްވި ގޮތުގައި ރާއްޖޭގައި އެންމެ ފުރަތަމަ ފޮރިން އިންވެސްޓްމެންޓް ގާނޫނެއް އެކުލަވާލީ 1979 ވަނަ އަހަރު ކަމަށެވެ. އަދި އެ ޒަމާނަށް ރަނގަޅަށް ތައްޔާރުކޮށްފައި އޮތް ނަމަވެސް، އިންވެސްޓްމަންޓް ލޭންޑްސްކޭޕްގެ މިހާރުގެ ބޭނުންތައް އެ ޤާނޫނުން ފުއްދައިނުދޭކަން އޭޖީ ފާހަގަ ކުރެއްވިއެވެ. 

އުޝާމް ވިދާޅުވީ އެސަބަބާހެދި ކުރީގެ ސަރުކާރުތަކުން ގާނޫނު އިސްލާހު ކުރަން މަސައްކަތް ކުރި ކަމަށެވެ.

Advertisement

Advertisement 1

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަކީ އިންވެސްޓާ ފްރެންޑްލީ ގައުމަކަށް ހެދުމުގެ މަސައްކަތް ފެށުނުކަން ފާހަގަކޮށް އުޝާމް ވިދާޅުވީބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ރާއްޖެއަކީ އިންވެސްޓަރުންނާ ރައްޓެހި ގައުމަކަށް ބަދަލުކުރުމަށް ކުރާ މަސައްކަތްތަކަކީ އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ބޭރުގެ އިންވެސްޓްމަންޓްތައް ޝައުގުވެރި ކުރުވުމަށް ގާނޫނީ އޮނިގަނޑުތައް ޒަމާނީ ކުރުމުގެ އަވަސްކަން ފާހަގަކުރައްވައި، މިއަދު ފާސްކުރި ފޮރިން އިންވެސްޓްމަންޓް ގާނޫނަކީ މި އިސްލާހުތަކުގެ ފެށުމެއް ކަމަށް އިޝާރާތް ކުރެއްވި އެވެ.

އުޝާމް އިތުރަށް ހާމަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މުހިއްމު އިސްލާހުތަކެއް ގެނައުމަށް ގަސްތުކުރެއްވީ، އިންވެސްޓްމަންޓްތަކަށް "ފެހި މާހައުލެއް" ގާއިމްކުރުމުގެ މަގުސަދުގައެވެ. މި ބަދަލުތަކުގެ ސަބަބުން ގާނޫނީ އޮނިގަނޑު ދުނިޔޭގެ މިންގަނޑުތަކާ އެއްގޮތްވެ، ބައިނަލްއަގްވާމީ އިންވެސްޓަރުންނަށް ރާއްޖެ ޝައުގުވެރިވާ މަންޒިލަކަށް ވެގެންދާނެ ކަމަށް ބެލެވެ އެވެ.

އޭޖީ ވިދާޅުވީ ފޮރިން އިންވެސްޓްމަންޓްގެ ޤާނޫނަކީ އެގޮތުގެ މަތިން ވުޖޫދަށް ގެނުވުނު ގާނޫނެއް ކަމަށާއި، ބޭނުންވީ މަޖިލީހުގެ މިދައުރު ނިމުމުގެ ކުރިން މި ބިލު ހުށަހަޅާ ފާސްކުރަން ކަމަށާއި އަދި އުންމީދުކުރިގޮތަށް މަޖިލީހުން އެކަން ކޮށްދެއްވި ކަމަށް އުޝާމް ފާހަގަ ކުރެއްވިއެވެ.

ބަންޑާރަނައިބު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އޭޖީ އޮފީހުގެ އާ ވެބްސައިޓު އިފްތިތާހުކޮށްފި!

އޭޖީ އޮފީހުގެ އާ ވެބްސައިޓު އިފްތިތާހުކޮށްފި!

315 ދުވަސް ކުރިން - 08:33

ފޭކު ލިޔުން ހުށަހެޅި މައްސަލައިގައި ޖިނާޢީ ތަޙްޤީޤެއް ހިންގަނީ

ފޭކު ލިޔުން ހުށަހެޅި މައްސަލައިގައި ޖިނާޢީ ތަޙްޤީޤެއް

429 ދުވަސް ކުރިން - 14:24

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވީ ހުސްނުސުޢޫދު: ބަންޑާރަނައިބު

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވީ ހުސްނުސުޢޫދު: ބަންޑާރަނައިބު

439 ދުވަސް ކުރިން - 07:37

ސުޕްރީމް ކޯޓަކީ ސިޔާސީ ޕާޓީގެ ޖަގަހައެއް ނޫން!

ސުޕްރީމް ކޯޓަކީ ސިޔާސީ ޕާޓީގެ ޖަގަހައެއް ނޫން!

514 ދުވަސް ކުރިން - 14:04

އޮންލައިން ޖުވާކުޅުން ހުއްޓުވުމަށް ޤާނޫނަށް އިޞްލާޙު ގެންނަން ނިންމައިފި

އޮންލައިން ޖުވާކުޅުން ހުއްޓުވުމަށް ޤާނޫން އިޞްލާޙުކުރަނީ

633 ދުވަސް ކުރިން - 10:10

ޗާގޯސް މައްސަލާގައި ދިވެހިރާއްޖޭގެ ސްޓްރެޓެޖީ ބަދަލުކުރަން ޖެހިއްޖެ - ބަންޑާރަނައިބު

ޗާގޯސް މައްސަލާގައި ދިވެހިރާއްޖޭގެ ސްޓްރެޓެޖީ ބަދަލުކުރަން ޖެހިއްޖެ

633 ދުވަސް ކުރިން - 09:04