ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އެންވީޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޖެންސެން ހުއާންގ މަގާމުން އިސްތިއުފާ ދީފިއެވެ. އޭނާ މަގާމުން އިސްތިއުފާ ދީފައިވަނީ އެ ކުންފުނީގެ އެހެން އެގްޒެކެޓިވްއަކާ އެކު ދެވަނަ ސިއްރު ގުޅުމެއް ބޭއްވި ކަމަށް ބުނާ ރިޕޯޓްތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.
ޚަބަރުތައް ބުނާ ގޮތުގައި، ހުއާންގ އިސްތިއުފާ ދިންކަން އިއުލާނުކޮށްފައިވަނީ އެންވީޑިއާގެ ބޯޑު މެންބަރުންގެ މެދުގައި ބޭއްވުނު ކުއްލި ބައްދަލުވުމަކަށް ފަހުގައެވެ. މި ބައްދަލުވުމުގައި ކުންފުނީގެ ލީޑަޝިޕާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ އިތުރުން، ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ މީހަކާ އެކު ގުޅުމެއް އޮތް ކަމަށް މީގެ ކުރިން ހުއާންގ އިއުތިރާފުވި ހިސާބުން ފެށިގެން އެންވީޑިއާގެ ހިއްސާގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި އާ މައްސަލަތަކާ ގުޅިގެން އޭނާ އިސްތިއުފާ ދިނުމަކީ ކުންފުންޏަށް މާލީ ގޮތުންނާއި އިދާރީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް މާކެޓް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
އާޓިފިޝަލް އިންޓެލިޖެންސް އަދި ގްރެފިކްސް ޕްރޮސެސިން ޔުނިޓްތައް އުފެއްދުމުގައި ދުނިޔޭގެ އެއްވަނައިގައި އޮތް އެންވީޑިއާ ކުންފުނީގެ ކުރިމަގާ މެދު އިންވެސްޓަރުންގެ މެދުގައި މިހާރު ވަނީ ކަންބޮޑުވުން އުފެދިފައެވެ.



