ޤައުމީ ސަލާމަތާ ބެހޭ ކަންބޮޑުވުންތަކާއި ގުޅިގެން ޗައިނާ އަށް އެންވީޑިއާގެ އެޑްވާންސްޑް އެޗް200 އޭއައި ޗިޕްތައް ނުވިއްކާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ގެންގުޅުއްވި ސިޔާސަތު އަނބުރާ ގެންގޮސް އެ ތަކެތި ޗައިނާއަށް ވިއްކުމަށް ރުހުން ދީފިއެވެ.
އިއްޔެ ޓްރަމްޕް މި ނިންމުން ނިންމާފައިވަނީ ބެއިޖިން އަށް އެ ތަކެތި ވިއްކުމަށް ވޮޝިންޓަނުން ހުއްޓުވިތާ މަސްތަކެއް ފަހުންނެވެ. އޭރު އެމެރިކާގެ އޮފިޝަލުން ބިރުގަތީ މި ޗިޕްތަކުގެ ސަބަބުން ޗައިނާގެ ސަވައިލެންސް ސިސްޓަމްތައް ވަރުގަދަވެ، އަސްކަރީ ގޮތުން އާދަޔާއި ޚިލާފަށް ކުރިއަރައިގެން ގޮސްދާނެތީއެވެ.
މި ޗިޕުތައް ޗައިނާ އަށް ވިއްކާނެ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ޓްރަމްޕް އެންގެވީ އިއްޔެގެ ވަގުތެއްގައި ކަމަށް ވާއިރު، ޗައިނާ އަށް ޗިޕުތައް ވިއްކުމުގައި އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މެދުގައި ކަންބޮޑުވުން ވެސް އުފެދިފައިވެއެވެ. ޑިމޮކްރެޓިކް ސެނެޓަރުން ބުނީ އެޑްވާންސްޑް ޗިޕުތައް ޗައިނާ އަށް ދޭނަމަ އެމެެރިކާ އަށް ނުރައްކާ އޮންނާނެ ކަމަށެވެ.






