Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފަސް ޓްރިލިއަން ޑޮލަރާއެކު އެންމެ އަގުބޮޑު ކުންފުންޏަކަށް އެންވީޑިއާ

ފަސް ޓްރިލިއަން ޑޮލަރާއެކު އެންމެ އަގުބޮޑު ކުންފުންޏަކަށް އެންވީޑިއާ

އައިޝަތު ރުވާ ރިފްޢަތު
251 ދުވަސް ކުރިން - 31 އޮކްޓޫބަރު 2025 17:10
އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާންގް--ފޮޓޯ: ގެޓީ އިމޭޖަސް
އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާންގް--ފޮޓޯ: ގެޓީ އިމޭޖަސް
ޚުލާސާ

އެންވީޑިއާ މަޝްހޫރުވުމުގެ ކުރިން އެޕަލް އާއި މައިކްރޮސޮފްޓަކީ ދުނިޔޭގެ އެންމެ އަގުބޮޑު ދެ ކުންފުނި. މާކެޓް ވެލިއު އެންމެ ފުރަތަމަ ފަސް ޓްރިލިއަން ޑޮލަރަށް އެރީވެސް އެންވީޑިއާ.

ފަސް ޓްރިލިއަން ޑޮލަރާއެކު ދުނިޔޭގެ އެންމެ އަގު ބޮޑު ކުންފުނީގެ މަގާމު ދެވަނަ ފަހަރަށް އެމެރިކާގެ އެންވީޑިއާ ހޯދައިފި އެވެ. މާކެޓް ވެލިއު އެންމެ ފުރަތަމަ ފަސް ޓްރިލިއަން ޑޮލަރަށް މިހާތަނަށް އެރި ހަމައެކަނި ކުންފުންޏަކީ ވެސް އެންވީޑިއާ އެވެ.

މިދިޔަ އަހަރުވެސް އެންވީޑިއާ ވަނީ އެޕަލް ފަހަތަށް ޖައްސާލައި އެންމެ އަގުބޮޑު ކުންފުނީގެ މަގާމު ހޯދައިފަ އެވެ. މިހާ ބޮޑު ކުރިއެރުމެއް މިހާ އަވަސް މިނެއްގައި އެ ކުންފުންޏަށް ހޯދޭ މައިގަނޑު ސަބަބަކީ އޭއައި އެޕްލިކޭޝަންތައް އިތުރުވެފައި އެ އެޕްލިކޭޝަނަށް ބޭނުންވާ ޗިޕްތަކަށް ޑިމާންޑް ބޮޑުވެފައިވާތީ އެވެ. އެންވީޑިއާގެ ގްރެފިކްސް ޕްރޮސެސިން ޔުނިޓް (ޖީޕީޔޫ) އާއި އެހެނިހެން ޗިޕްތަކަކީ ބޮޑެތި ޑޭޓާ ސެންޓަރުތަކާއި، އޭއައި ޓްރެއިނިންގ އަދި އޮޓޮނޮމިކް ވެހިކަލްތަކަށް ވަރަށް މުހިންމު ޗިޕްތަކެކެވެ. އާ އޭއައި މޮޑެލްތަކާއި ހިދުމަތްތައް ވަނީ ވަރަށް ބޮޑަށް އެންވީޑިއާގެ ހާޑްވެއާތަކަށް ބަރޯސާވެފަ އެވެ.

އެންވީޑީއާ އިން މި ކާމިޔާބުކުރި ލަނޑުދަނޑި އަކީ އިންޒާރެއް ކަމަށާއި މިފަދަ ބޮޑު ވެލިއުއޭޝަނެއް ލިބުމަކީ ރިސްކެއް ކަމަށް ބައެއް އިކޮނޮމިސްޓުންނާއި އެނަލިސްޓުން ދަނީ ބުނަމުންނެވެ. ސަޕްލައި ޗެއިންގެ މައްސަލަތަކާއި، އެކްސްޕޯޓް ރިސްޓްރިކްޝަންތަކާއި، ވާދަވެރިކަމާއި، އޭއައިގެ ކުރިއެރުން މި ސްޕީޑުގައި ކުރިއަށް ގެންދެވޭނެ ކަމުގެ ކަންބޮޑުވުންތައް ހުރި ކަމަށް އެ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.

Advertisement

Advertisement 1

އެންވީޑިއާ މަޝްހޫރުވުމުގެ ކުރިން އެޕަލް އާއި މައިކްރޮސޮފްޓަކީ ދުނިޔޭގެ އެންމެ އަގުބޮޑު ދެ ކުންފުންޏެވެ. 2023 ވަނަ އަހަރު އެޕަލްގެ މާކެޓް ވެލިއުއޭޝަން ތިން ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް ވަނީ އަރާފަ އެވެ. ނަމަވެސް 2024 ވަނަ އަހަރު އެންވީޑިއާ އިން ވަނީ އެޕަލް އާއި މައިކްރޮސޮފްޓް ފަހަތަށް ޖައްސާލައި 3.3 ޓްރިލިއަން ޑޮލަރަށް އަރާފަ އެވެ.

މިވަގުތު ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ލިސްޓު؛

  1. އެންވީޑިއާ (5.1 ޓްރިލިއަން ޑޮލަރު)
  2. އެޕަލް (4 ޓްރިލިއަން ޑޮލަރު)
  3. މައިކްރޯސޮފްޓް (4 ޓްރިލިއަން ޑޮލަރު)
  4. އަލްފަބެޓް (3.3 ޓްރިލިއަން ޑޮލަރު)
  5. އެމެޒަން (2.4 ޓްރިލިއަން ޑޮލަރު)
  6. މެޓާ (1.9 ޓްރިލިއަން ޑޮލަރު)
  7. ބްރޯޑްކޮމް (1.8 ޓްރިލިއަން ޑޮލަރު)
  8. އެރަމްކޯ (1.7 ޓްރިލިއަން ޑޮލަރު)
  9. ޓެސްލާ (1.5 ޓްރިލިއަން ޑޮލަރު)
  10. ޓީއެސްއެމްސީ (1.3 ޓްރިލިއަން ޑޮލަރު)

އޯޕަން އޭއައި، ގޫގުލް އަދި މެޓާ ފަދަ ކުންފުނިތަކަށް ލެންގުއޭޖް މޮޑެލްތައް ޑިވެލޮޕްކޮށް ތަމްރީނު ކުރުމަށް އެޑްވާންސް ހާޑްވެއާތައް ބޭނުންވެ އެވެ. އެންވީޑިއާ އިން މި ހައި-ޕާފޯމަންސް ޗިޕްތައް ސަޕްލައިކޮށްދޭއިރު، ހާއްސަކޮށް އެ ކުންފުނިން ފޯރުކޮށްދޭ އެޗް100 އަދި އޭ100 އަކީ ކޮމްޕްލެކްސް އޭއައި އެޕްލިކޭޝަންތައް އެކްސެކިއުޓް ކުރުމަށް ވަރަށް މުހިންމު ޗިޕްތަކެކެވެ.

ސޮފްޓްވެއާއެންވީޑިއާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެންވީޑިއާގެ 200 ބިލިއަން ޑޮލަރުގެ ސީޕީޔޫ މާކެޓް އަންދާޒާގައި ޗައިނާ ހިމެނޭ ކަމަށް ސީއީއޯ ވިދާޅުވެއްޖެ

އެންވީޑިއާގެ ސީޕީޔޫ މާކެޓް އަންދާޒާގައި ޗައިނާ ހިމެނޭ

47 ދުވަސް ކުރިން - 23:16

އެންވީޑިއާގެ ގޭމިން ޗިޕްތައް ލިބުމުގެ ދަތިކަން މިއަހަރުގެ ނިޔަލަށް ދެމިއޮންނާނެ ކަމަށް ލަފާކޮށްފި

އެންވީޑިއާގެ ގޭމިން ޗިޕުތައް ލިބުމުގައި ބޮޑު ދަތިކަމަކަށް!

132 ދުވަސް ކުރިން - 14:17

ޗައިނާ އަށް ޗިޕް ނުދޭނަމޭ ބުނުމަށް ފަހު ޓްރަމްޕް އުނަބަށް ޖައްސަވައިފި!

ޗައިނާއަށް އޭއައި ޗިޕް: ޓްރަމަޕް އުނބަށް ޖައްސަވައިފި!

212 ދުވަސް ކުރިން - 10:00