ޙޫޘީން ގެ ބާރުގެ ދަށުގައި އޮތް ތާއިޒްގެ ހުޅަނގުން ރެޑް ސީ ކޮމްޕްލެކްސްގައި ހިމެނޭ މުހިއްމު ބަނދަރު ރަށެއް ކަމަށްވާ އަލް-މުޚާ ސިޓީ ގެ ފުރިހަމަ ކޮންޓުރޯލް އަތުލައި، ވެރިރަށް ސަންޢާ އަލުން ހިފުމަށްޓަކައި ވަރުގަދަ "އޮޕަރޭޝަނެއް" ރަސްމީކޮށް ފަށައިފިއެވެ.

މި ބޮޑު އަސްކަރީ ހަރަކާތަކީ "އޮޕަރޭޝަން ޑޯން އޮފް ޔަމަން" ގެ ނަމުގައި ސައޫދީ ކޯލިޝަނުގެ ވައިގެ ސަޕޯޓާއެކު ކުރިއަށްގެންދާ ފުޅާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ސައޫދީ އަރަބިއްޔާގެ 100 އަށްވުރެ ގިނަ ފައިޓަރު ޖެޓްތަކުން ދަނީ ސަންޢާގައި ހުރި ޙޫޘީންގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތަކުގައި ދުނިޔޭގެ ހަކަތައިގެ ވިޔަފާރިއަށް އެންމެ މުހިންމު ކަނޑުގެ ދަތުރުފަތުރުގެ މަގު ކަމަށްވާ ބާބުލް މަންދަބް ސަރަހައްދުގެ މުހިންމު ޕޮޒިޝަންތައް ވެސް ސަރުކާރު ސިފައިން ވަނީ ހިފާފައެވެ.

މިއީ 2022 ވަނަ އަހަރު އދ. މެދުވެރިވެގެން ޤާއިމުކުރި ޞުލްޙައިގެ އެއްބަސްވުމަށްފަހު، ޔަމަނުގެ ހަނގުރާމައިގެ މައިދާނުގައި މިހާތަނަށް ހިނގާ އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި ކުރިމަތިލުމެވެ.