ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ކޮން ބައެއް ކަމެއް ނޭނގޭ މުޖާހިދުންތަކެއް ދިން ވަރުގަދަ ހަމަލާގައި އިސްރާއީލު ސިފައިންގެ 6 މީހުން މަރާލައިފިއެވެ.
ޚަބަރުތައް ބުނާ ގޮތުގައި ފަލަސްތީނުގެ ކޮން ބައެއްކަމެއް އަދި އެނގިފައި ނުވާ އެމީހުން އައީ ގަވާއިދާ ޚިލާފަށް ގަދަބާރުން ހުޅަނގު އައްސޭރީގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީންގެ ގެތަކަށް ހަމަލާ ދޭށެވެ. އެގޮތުން ބާރު ސްޕީޑުގައި ކާރަކުން އައިސް ޔަހޫދީ ވަޒަންވެރިއެއްގެ ގޭގައި ކާރުން ޖެއްސި ކަމަށާ އެއަށްފަހު ހަތިޔާރު އެޅި ސިފައިންނާއި ކުރިމަތިލައި 6 ސިފައިން މަރާލާފައިވާ ކަމަށެވެ.
އެމީހުން އިސްރާއީލުގެ ސިފައިން މަރާލީ އެމީހުން އައި ކާރުގައި ގޮވާތަކެތި ހަރުކޮށްގެން އެ ކާރު ގޮއްވާލުމަށްފަހުގައެވެ.
އިސްރާއީލް ސިފައިން ވަނީ އެހަމަލާ ދިން މީހުންގެ ތެރެއިން ދެމީހަކު ޝަހީދުކޮށްލާފައެވެ.
އިސްރާއީލް މީޑިއާ ބުނާ ގޮތުގައި އެ ދެމީހުން ފެނުނީ ތަފާތު ދެ ސަރަޙައްދަކުން ފިލަން ވެގެން މަސައްކަތް ކުރަނިކޮށެވެ. އަދި އިތުރު 3 މީހުން ޒަޚަމް ވެފައިވާ ކަމަށާއި ނަމަވެސް އެ ތިން މީހުން ފިލާފައިވާ ކަމަށް އިސްރާއީލްގެ ހަބަރުތައް ބުނެއެވެ.









