Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސޭފްޓީ ޓެސްޓެއްގެ ތެރެއިން ގޫގަލްގެ ޖެމިނައި 3 ކުންފުންޏެއް ހެކް ކޮށްލައިފި

ސޭފްޓީ ޓެސްޓެއްގެ ތެރެއިން ގޫގަލްގެ ޖެމިނައި 3 ކުންފުންޏެއް ހެކް ކޮށްލައިފި

ފާތިމަތު އަނަން މުހައްމަދު
3 ގަޑިއިރު ކުރިން - 19 ސެޕްޓެންބަރު 2026 11:19
ޖެމިނައި އޭއައި އެޕްގެ އައިކޮން | ފޮޓޯ: އަލްޖަޒީރާ
ޖެމިނައި އޭއައި އެޕްގެ އައިކޮން | ފޮޓޯ: އަލްޖަޒީރާ
ޚުލާސާ

މިއީ އޭއައި މޮޑެލްތައް ކޮންޓްރޯލުން ނެއްޓި ބޭރުގެ ނިޒާމުތަކަށް ވަނުމުގެ މައްސަލަ އިތުރުވަމުންދާކަން ދައްކުވައިދޭ، އެންތްރޮޕިކް އަދި އޯޕަންއޭއައި ފަދަ އެހެން އޭއައި މޮޑެލްތަކަށްވެސް ކުރިމަތިވެފައިވާ ފަދަ ކަމެއް.

ގޫގަލްގެ އޭއައި މޮޑެލް ކަމަށްވާ ޖެމިނައި، ސައިބަރ ސެކިއުރިޓީ ޓެސްޓެއްގެ ތެރެއިން އަމިއްލައަށް މަސައްކަތް ކޮށްގެން އަސްލު ތިން ކުންފުންޏަކަށް ވަދެ ހެކް ކޮށްލާފައިވާ ކަމަށް ގޫގަލްއިން ހާމަކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ މެއި މަހު ސައިބަރ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ "އިރެގިއުލަރ" އިން ކުރިއަށް ގެންދިޔަ ޓެސްޓެއްގެ ތެރެއިންނެވެ.

މި މައްސަލަތައް ދިމާވީ، ފިކްޝަނަލް ނުވަތަ ހިޔާލީ ކުންފުންޏެއްގެ މައުލޫމާތު ހޯދުމަށް މަސައްކަތްކުރަމުން ދިޔަ ވަގުތު ޖެމިނައިއަށް އިންޓަނެޓްގެ ނުބައި އެކްސެސްއެއް ލިބުމުގެ ސަބަބުންނެވެ. މީގެ ތެރެއިން އެއް ހާދިސާގައި، އަސްލު ކުންފުންޏެއްގެ ހިދުމަތްތަކަށް ވަނުމަށްޓަކައި ޖެމިނައިއިން ވަނީ ޕާސްވޯޑްތައް ދިމާކޮށްގެން އެ ސަރވިސްއަށް ވަދެފައެވެ. އަދި އަނެއް ދެ ހާދިސާގައި، އިންޓަނެޓުން އާންމުކޮށް ފެންނަން ހުރި މައުލޫމާތާއި ކްރެޑެންޝަލްތައް ބޭނުންކޮށްގެން، އެއީ ޓެސްޓްގެ ބައެއް ކަމަށް ހީކޮށް ވެބްސައިޓްތަކަށް ވަދެފައިވެއެވެ.

ގޫގަލްގެ ސެކިއުރިޓީ އިންޖިނިއަރިންގ ގެ ނައިބު ރައީސް ހެދާ އެޑްކިންސް ވިދާޅުވިގޮތުގައި، މި ތިން ފަހަރުވެސް ޖެމިނައިއަށް ކަމެއް ގޯސްވެގެން އުޅޭކަން ވިސްނި، އެ ހަމަލާތައް ފުރިހަމަ ކުރުމުގެ ކުރިން އަމިއްލައަށް ހުއްޓާލާފައިވެއެވެ. އަދި މިއީ އޭއައި މޮޑެލް މަގުން ކައްސާލުން ދައްކުވައިދޭ ކަމެއް ނޫން ކަމަށާއި، އޭގެ ސޭފްޓީ މެޝަރތައް ރަނގަޅަށް މަސައްކަތްކުރިކަން ހާމަވާ ކަމެއް ކަމަށް ގޫގަލްއިން ބުނެއެވެ.

Advertisement

Advertisement 1

ނަމަވެސް، މިއީ ކޮންޓްރޯލް ކުރެވިފައިވާ މާހައުލަކުން ބޭރަށް އޭއައި މޮޑެލްތައް ނުކުމެ، އަމިއްލަ އިހްތިޔާރުގައި މިފަދަ ކަންކަން ކުރުމުގެ ކަންބޮޑުވުންތައް އިތުރުވަމުންދާ ކަމެކެވެ. މީގެ ކުރިން އެންތްރޮޕިކް، އޯޕަންއޭއައި އަދި މެޓާގެ އޭއައި މޮޑެލްތަކުންވެސް މިފަދަ ކަންކަން ފެނިފައިވާކަން ފާހަގަކުރެވެއެވެ. މީގެ ތެރެއިން އެންތްރޮޕިކްގެ ކްލޯޑް މޮޑެލް، އަސްލު ނިޒާމުތަކަށް ވަނުމަށްފަހުވެސް ހަމަލާ ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްފައިވެއެވެ.

ޖެމިނީ އޭއައިގޫގުލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އޭއައި ރެގިއުލޭޓްކުރުން: ބަހުސަށްވުރެ ބޮޑަށް މިހާރު އޮތީ އަމަލީ މަސައްކަތް

އޭއައި ރެގިއުލޭޓްކުރުން: ބަހުސަށްވުރެ ބޮޑަށް މިހާރު އޮތީ އަމަލީ މަސައްކަތް

2 ދުވަސް ކުރިން - 21:44

އާރްޓިފިޝަލް އިންޓެލިޖެންސް އިންސާނިއްޔަތަށް ނުރައްކަލަކަށް ވެދާނެކަމުގެ އިންޒާރު އެންތުރޯޕިކްގެ ކުރީގެ ރިސާޗަރަކު ދީފި

އޭއައިގެ ނުރައްކަލާ މެދު އެންތުރޯޕިކްގެ ކުރީގެ ރިސާޗަރަކު ކަންބޮޑުވުން ފާޅުކޮށްފި

5 ދުވަސް ކުރިން - 11:09

ސިއްރު މައުލޫމާތު ބޭނުންކޮށްގެން މާލީ މަންފާ ހޯދި މައްސަލައެއްގައި ގޫގުލްގެ މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލައިފި

ސިއްރު މައުލޫމާތު ބޭނުންކުރި ގޫގުލް މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލައިފި

114 ދުވަސް ކުރިން - 12:41

އައިސީއީ އާއާއެކު އޮތް ގުޅުން ކަނޑާލުމަށް ގޫގުލްގެ މުވައްޒަފުން ގޮވާލައިފި

އައިސީއީއާ ގުޅުން ކަނޑާލުމަށް ގޫގުލްގެ މުވައްޒަފުން ގޮވާލައިފި

223 ދުވަސް ކުރިން - 20:57

ގޫގުލް އިން ޖީމެއިލް އަށް އޭއައިގެ ފީޗާތައް އިތުރުކޮށް، އިންބޮކްސް ޕާސަނަލް އެސިސްޓެންޓަކަށް ބަދަލުކޮށްފި

ގޫގުލް އިން ޖީމެއިލް އަށް އޭއައި އިތުރުކޮށްފި

250 ދުވަސް ކުރިން - 22:37