ގޫގުލް އިން ޖީމެއިލް އަށް އޭއައިގެ ފީޗާތައް އިތުރުކޮށް، އިންބޮކްސް ޕާސަނަލް އެސިސްޓެންޓަކަށް ބަދަލުކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 3 ދުވަސް ކުރިން - 11 ޖެނުއަރީ 2026 22:37
ފޮޓޯ: އޭޕީ ފޮޓޯ
ފޮޓޯ: އޭޕީ ފޮޓޯ
ޚުލާސާ

އާ ފީޗާތައް އެންމެ ފުރަތަމަ ނެރެން ހަމަޖެހިފައިވަނީ އެމެރިކާގަ އެވެ. އަދި އެއަށްފަހު އެހެން ގައުމުތަކަށް އެކި ބަހުރުވައިން މި ފީޗާސްތައް ގެނައުމަށް ވަނީ ހަމަޖެހިފައި.

އީމެއިލް ބޭނުންކުރުން ފަސޭހަކޮށް އަވަސް ކުރުމުގެ ގޮތުން ގޫގުލް އިން ޖީމެއިލް އަށް އާ އާޓިފިޝަލް އިންޓެލިޖެންސް ޓޫލްތައް އިތުރު ކުރަމުގެ މަސައްކަތް ފަށައިފި އެވެ. 

މި އާ ޓޫލްތައް ފަރުމާކޮށްފައިވަނީ ހަމައެކަނި ކިޔުމާއި މެސެޖު ފޮނުވުމަކަށް ނޫނެވެ. ނަމަވެސް އިންބޮކްސް ރަނގަޅަށް ބެލެހެއްޓުމަށް އެހީތެރިވެދިނުމަށެވެ. މި އަޕްޑޭޓަކީ ގޫގުލްގެ އިތުރު އުފެއްދުންތަކުގައި އޭއައި ބޭނުން ކުރުމަށް ރާވާފައިވާ ޕްލޭންގެ ބައެކެވެ.

އާ ފީޗާސްތަކުގައި ބޭނުންކޮށްފައިވަނީ ގޫގުލްގެ އޭއައި ސިސްޓަމް ކަމަށްވާ ޖެމިނީ އޭއައި ގައެވެ. މި އޭއައި މެދުވެރިކޮށް އީމެއިލް ލިޔުމާއި، ގްރެމަރީ ރަނގަޅުކުރުމާއި، މެސެޖެއްގެ ޓޯން ބަދަލުކޮށް، އިތުރަށް އަދަބުވެރި ނުވަތަ ޕްރޮފެޝަނަލް ގޮތަކަށް އަޑު އިވޭ ގޮތަށް ޔޫޒަރުންނަށް އެހީތެރިކަން ލިބިގެންދެއެވެ. ޖީމެއިލް އިން ވެސް ދިގު އީމެއިލްތައް ޚުލާސާ ކުރެވޭތީ ޔޫޒަރުންނަށް ވަގުތު ސަލާމަތްކުރެވެ އެވެ.

މި އޭއައި އިން އިންބޮކްސް އިން މައުލޫމާތު ހޯދުމަށް އެހީތެރިވެދެވޭނީ ސުވާލުތަކަކަށް ޖަވާބު ދީގެންނެވެ. ގިނަ އީމެއިލްތަކުގެ ތެރެއިން ހޯދުމުގެ ބަދަލުގައި ބައްދަލުވުމުގެ ގަޑި ނުވަތަ މާޒީގެ މެސެޖުތަކުގެ މައުލޫމާތު އަހާލުމުން ޖީމެއިލް އިން ސާފު ޖަވާބެއް ދޭނެ އެވެ. އަދި މުހިންމު އީމެއިލްތަކަށް ޖަވާބު ދިނުމަށް ނުވަތަ ސަމާލުކަން ދޭންޖެހޭ މެސެޖުތަކަށް އެޓެންޑުވުމަށް ވެސް ހަނދާންކޮށްދެވިދާނެ އެވެ.

ގޫގުލް އިން ބުނާ ގޮތުގައި އެ ކުންފުނީގެ އޭއައި ތަމްރީނު ކުރުމަށް ޕާސަނަލް އީމެއިލް ބޭނުން ނުކުރާ ކަމަށާއި މި އެއައި ޓޫލްސް ބޭނުން ކުރަން ނުވަތަ ނުކުރަން ވެސް ޔޫޒަރުންނަށް އިޚްތިޔާރު ކުރެވޭނެ ކަމަށެވެ. އެ ކުންފުނިން ބުނާ ގޮތުގައި އަމާޒަކީ ޔޫޒަރުންގެ ވަގުތު ސަލާމަތްކޮށް، ގިނަ އީމެއިލްތަކުގެ ސަބަބުން ކުރިމަތިވާ ސްޓްރެސް ކުޑަކުރުމެވެ.

އާ ފީޗާތައް އެންމެ ފުރަތަމަ ނެރެން ހަމަޖެހިފައިވަނީ އެމެރިކާގަ އެވެ. އަދި އެއަށްފަހު އެހެން ގައުމުތަކަށް އެކި ބަހުރުވައިން މި ފީޗާސްތައް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ. މި އަޕްޑޭޓަކީ މިދިޔަ އަހަރުތަކުގެ ތެރޭގައި ޖީމެއިލްއަށް ގެނައި އެންމެ ބޮޑު އެއް ބަދަލެއް ކަމަށާއި، މިއީ އޭއައިގެ އެހީގައި އީމެއިލްގެ ޒަރިއްޔާ ސްމާޓްވަމުން އަންނަ ގޮތް ދައްކުވައިދޭ އަޕްޑޭޓެއް ކަމަށެވެ.

އޭއައި މެދުވެރިކޮށް ދިރިއުޅުމުގެ ގިނަ ކަންކަން މިހާރު ފަސޭހަކޮށްލެވެ އެވެ. ނަމަވެސް މީގައި އޮތް އެންމެ ބޮޑު ބިރަކީ އޭއައިގެ ސަބަބުން އެތަކެއް ވަޒީފާއެއް ގެއްލިދާނެ ކަމުގެ ބިރެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%