ޑޮލަރު ބްލެކްމާކެޓް ހުއްޓުވުމުގައި ސަރުކާރުން ހުއްޓުމެއްނެތި މަސައްކަތްކުރާނެ ކަމަށާއި، ޑޮލަރުން މުސާރަ ދެވޭނީ ވެސް ހުއްދަ ލިބިގެން ކަމަށް އެޓަނީ ޖެނެރަލް އަޙްމަދު އުޝާމް ދެންމެ ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު ފާހަގަކުރެއްވި ގޮތުގައި، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީގެ ރަސްމީ ހުއްދައެއް ނެތް ފަރާތްތަކުން ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގުމާއި، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިކޮށް އިޝްތިހާރުކުރަމުންދާ ކުރުން ހުއްޓުވުމަށް ޤާނޫނީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އެޅޭނެ ގޮތަށް އޮނިގަނޑުތައް މިހާރު ދަނީ މުރާޖަޢާ ކުރަމުންނެވެ.