Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިފަހަރުގެ ވޯލްޑް ކަޕުގައި އޭރިއާ ބޭރުން ޖަހާ ގޯލްތައް ދެގުނަ އިތުރު

މިފަހަރުގެ ވޯލްޑް ކަޕުގައި އޭރިއާ ބޭރުން ޖަހާ ގޯލްތައް ދެގުނަ އިތުރު

އައިޝަތު ރުވާ ރިފްޢަތު
1 ދުވަސް ކުރިން - 19 ޖުލައި 2026 12:58
އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް އޭރިއާ ބޭރުން އިންގްލެންޑު ކޮޅަށް ގޯލު ޖަހަނީ---
އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް އޭރިއާ ބޭރުން އިންގްލެންޑު ކޮޅަށް ގޯލު ޖަހަނީ---
ޚުލާސާ

މިފަހަރުގެ ވޯލްޑް ކަޕުގައި އޭރިއާ ބޭރުން ޖެހި ގޯލުތައް. މިއީ ޓީމުތަކުން މިހާރު "ލޯ ބްލޮކް" އެއްގައި ޑިފެންސް ކުރަމުންދާތީ، އިދިކޮޅު ޓީމުތަކަށް އޭރިއާ ތެރެއަށް ވަންނަން އުނދަގޫވެން ދިމާވާ ކަމެއްކަމަށް ފީފާއިން ބުނޭ. އޭރިއާ ބޭރުން ޖަހާ ހަމަލާތަކަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ އެއް ޓީމަކީ އާޖެންޓީނާ.

އުތުރު އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި، ޕެނަލްޓީ އޭރިއާ ބޭރުން ޖަހާ ގޯލްތަކުގެ ނިސްބަތް، އެންމެ ފަހުން ގަތަރުގައި ބޭއްވި މުބާރާތާ އަޅާބަލާއިރު ދެގުނަ އިތުރުވެފައިވާ ކަމަށް ފީފާ އިން ހާމަކޮށްފިއެވެ.

ފީފާގެ ޓެކްނިކަލް ސްޓަޑީ ގްރޫޕް (ޓީއެސްޖީ) އިން ހޮނިހިރު ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، މިފަހަރުގެ ވޯލްޑް ކަޕުގައި އޭރިއާ ބޭރުން ޖަހާ ގޯލްތައް ދެގުނަ އިތުރު

ފޮނުވާލި ހަމަލާތަކުން ކާމިޔާބުކޮށްފައިވާ ގޯލްތައް ކަމަށެވެ. މިއީ 2022 ވަނަ އަހަރުގެ މުބާރާތުގައި މި ނިސްބަތް ހުރި 8 އިންސައްތައާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

Advertisement

Advertisement 1

މި ބަދަލު އަންނަން މެދުވެރިވި ސަބަބާ ގުޅޭގޮތުން ފުޓްބޯޅަ މާހިރުން ބުނަނީ، ގިނަ ޓީމުތަކުން މިހާރު "ލޯ ބްލޮކް" އެއްގައި ޑިފެންސް ކުރަމުންދާތީ، އިދިކޮޅު ޓީމުތަކަށް އޭރިއާ ތެރެއަށް ވަންނަން އުނދަގޫވެ، ދުރުން ހަމަލާ އުފައްދަން މަޖުބޫރުވަނީ ކަމަށެވެ.

ފީފާގެ ޓީއެސްޖީގެ މެންބަރެއް ކަމަށްވާ ޔާގެން ކްލިންސްމަން ބުނި ގޮތުގައި، އޭރިއާ ތެރޭގައި ގިނަ އަދަދެއްގެ ކުޅުންތެރިން ތިބުމަކީ ދުރުން ފޮނުވާލާ ބޯޅަތައް ބަލަން ގޯލްކީޕަރުންނަށް އުނދަގޫވާ ކަމެކެވެ. "އޭރިއާ ތެރޭގައާއި ބޭރުގައި އަށް ނުވަ ކުޅުންތެރިން އެބަތިބޭ. އެހެންވުމުން ދުރުން ފޮނުވާލާ ހަމަލާތަކަށް މިއީ ރަނގަޅު ފުރުސަތަކަށްވޭ،" އެމެރިކާގެ ކުރީގެ ކޯޗު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުންޏެވެ.

ފީފާގެ ޗީފް އޮފް ފުޓްބޯޅަ ޑިވެލޮޕްމަންޓް، އާސެން ވެންގާ ވެސް ވަނީ ކުޅުންތެރިން ފޮނުވާލާ ހަމަލާތަކުގެ ފެންވަރަށް ތައުރީފުކޮށްފައެވެ. އޭނާ ބުނި ގޮތުގައި މި މުބާރާތުގައި ބޯޅަ ދަތުރުކުރާ ދުވެލި ހަލުވިވެފައި، ޖަހާ ކޮންމެ ޝޮޓަކީ ރޮކެޓެއް ފަދަ ބާރު ހަމަލާތަކެކެވެ.

މި މުބާރާތުގައި އޭރިއާ ބޭރުން ޖަހާ ހަމަލާތަކަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ އެއް ޓީމަކީ އާޖެންޓީނާއެވެ. އެގޮތުން އެޓީމުން ވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާތަކުން ފަސް ގޯލް ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި ސެމީ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ 85 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް ކާމިޔާބުކުރި ހިތްގައިމު ގޯލު ފާހަގަކޮށްލެވެއެވެ.

ފީފާ ވޯލްޑް ކަޕްފީފާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓު: ފަސް އަހަރު ތެރޭގައި 16 ތަށި - ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

ފަސް އަހަރު ތެރޭގައި 16 ތަށި: ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

5 ގަޑިއިރު ކުރިން - 14:06

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި؛ މެސީއަށް ހިދުކޮޅަކަށް ލިބުނު ޝަރަފު ވެސް ފޭރިގެންފި

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި

15 ގަޑިއިރު ކުރިން - 04:01

ފީފާގެ މަދަދުވެރިކަމާއެކު ނަހަލާލު ތައްޓެއް ނަގަން އުޅުނު ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

16 ގަޑިއިރު ކުރިން - 03:01

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

1 ދުވަސް ކުރިން - 13:12

ވޯލްޑް ކަޕު ކާމިޔާބުކުރާ ޓީމަށް ތާރީޚީ ރަން އަނގޮޓިތަކެއް ދެނީ

ވޯލްޑް ކަޕު ކާމިޔާބުކުރާ ޓީމަށް ތާރީޚީ ރަން އަނގޮޓިތަކެއް ދެނީ

2 ދުވަސް ކުރިން - 19:22

ފައުލް ގޯންޏެއްގެ ރެކޯޑާއި އެކު އާޖެންޓީނާ ފައިނަލަށް

ފައުލް ގޯންޏެއްގެ ރެކޯޑާއި އެކު އާޖެންޓީނާ ފައިނަލަށް

4 ދުވަސް ކުރިން - 02:25