ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ހަމަލާ ދީފިއެވެ. އެގޮތުން އެއްގަމާއި ވައިގެ މަހުން ބަރު ހަތިޔާރު ބޭނުންކޮށްފައިވާއިރު، ހެލިކޮޕްޓަރާއި ޑްރޯންވެސް ބޭނުންކޮށް ސީދާ އާންމުންގެ ގެތަކަށް އަމާޒުކޮށް ހަމަލާ ދީފިއެވެ. ބައެއް ހަބަރުތައް ބުނާ ގޮތުގައި 11 މީހުން ޝަހީދުވެިއިރު އިތުރު ހަބަރުތައް ބުނާ ގޮތުގައި ތިރީހަކަށް މީހުން ޝަހީދު ވެއްޖެއެވެ.
މި ހަމަލާތަކުގެ ސަބަބުން ސައޫދީ އަރަބިއްޔާގެ ދަތުރުފުޅު ކުރުކޮށްލައްވައި ފަލަސްޠީނު އޮތޯރިޓީގެ ރައީސް މަުމޫދު އްއްބާސް ވެސް އިއްޔަ ވަނީ ކުއްލި ގޮތަކަށް އަނބުރާ ފަލަސްތީނަށް ވަޑައިގެންފައެވެ،
އިސްރާއީލު ސަރުކާރުން ބުނަނީ އެމީހުން ހިންގަނީ "ކައުންޓަރ ޓެރަރިޒަމް" އޮޕަރޭޝަނެކެވެ. އިތުރު ތަފްސީލެއް މިހާތަނަށް ދީފައެއް ނުވެއެވެ.
އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރު ކާން ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާއަކީ 2002 ވަނަ އަހަރު ދިން “ޑިފެންސިވް ޝީލްޑް” ހަމަލާއަށް ފަހު އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގި އެންމެ ބޮޑު އުދުވާނެވެ. މި ޖަރީމާ އަދި ވެސް ކުރިޔަށް ދާނެ ކަމަށް ބެލެވެއެވެ. އެހެންވެއްޖެ ކަމުގައި ވަނީނަމަ ހުޅަނގުއައްސޭރީގެ އިތުރު ބަޔަކު ޝަހީދުވާނެ ކަމަށް ބެލެވެއެވެ.










