Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީއަށް، ވާދަކުރަންޖެހޭނީ ފްރާންސާ

ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީއަށް، ވާދަކުރަންޖެހޭނީ ފްރާންސާ

ހުސައިން އިސްމާއިލް
17 ގަޑިއިރު ކުރިން - 11 ޖުލައި 2026 05:26
ސްޕެއިން މޮޅުކޮށްދިން ގޯލު ކާމިޔާބުކުރި މެރީނޯ---
ސްޕެއިން މޮޅުކޮށްދިން ގޯލު ކާމިޔާބުކުރި މެރީނޯ---
ޚުލާސާ

ސްޕެއިން ސެމީއަށް ދަތުރުކުރީ 2-1 ގެ ނަތީޖާއިން ބެލްޖިއަމް ބަލިކޮށް. ފްރާންސް ސެމީއަށް ދަތުރުކުރީ މޮރޮކޯ ބަލިކުރުމަށްފަހު. މިއީ ޖެހިޖެހިގެން ބޮޑު ތިން މުބާރާތެއްގެ ސެމީ ފައިނަލުގައި މި ދެ ގައުމު ބައްދަލުކުރާ ފަހަރު.

ފީފާ ވޯލްޑް ކަޕްގެ ފޯރިގަދަ ސެމީ ފައިނަލެއްގައި ޔޫރަޕްގެ ދެ ބާރު ކަމަށްވާ ފްރާންސާއި ސްޕެއިން ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފްރާންސްގެ ގައުމީ ދުވަސް ނުވަތަ ބާސްޓީލް ޑޭއާ ދިމާކޮށް، ޖުލައި މަހުގެ 14 ވާ އަންގާރަ ދުވަހުއެވެ. އެމެރިކާގެ އާލިންގްޓަންގައި ހުންނަ އޭޓީ އެންޑް ޓީ ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ސީއީޓީ ގަޑިން ރޭގަނޑު 9:00 ގައެވެ.

ސްޕެއިން މުބާރާތުގެ ސެމީއަށް ދަތުރުކުރީ މިރޭ ބެލްޖިއަމްއާ ވާދަކޮށް 1-2 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރަތަމަ ހާފު 1-1 އިން އެއްވަރުވެގެން ނިމުނުއިރު ސްޕެއިން އަށް ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ފަބިއަން ރުއިޒެވެ. ބެލްޖިއަމްގެ ގޯލު ކާމިޔާބުކުރީ ކެޓެލެއާއެވެ.

Advertisement

Advertisement 1

މި މެޗުގައި ދުނިޔޭގެ އެންމެ މޮޅު އެއް ގޯލު ކީޕަރު، ބެލްޖިއަމްގެ ކޯޓުއާ ވަނީ ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗު ނިމެން ދަނިކޮށް އޭގެ މާ ގިނައިރުތަކެއް ނުވަނީސް ކުބާސީ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ކީޕަރު މަތަ ކުރި ނަމަވެސް ކުޅުމުގެ ތެރެއަށް އައުމުން މެރީނޯ ވަނޯ ގޯލަށް ވައްދާލާ ސްޕެއިން ސެމީއަށް ގެންގޮސްދީފައެވެ. ގަދަ 16 ގައި ޕޯޗުގަލް މައްޗަށް ކުރި ހޯދައި ސްޕެއިން ކުއާޓާ އަށް ވެސް ގެންގޮސްދިނީ މެރީނޯ ފަހު ވަގުތު ޖެހި ގޯލުންނެވެ.

ފްރާންސް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި މޮރޮކޯގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މިއީ ޖެހިޖެހިގެން ބޮޑު ތިން މުބާރާތެއްގެ ސެމީ ފައިނަލުގައި މި ދެ ގައުމު ބައްދަލުކުރާ ފަހަރެވެ. 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ސެމީގައި ވެސް މި ދެ ޓީމު ބައްދަލުކުރިއިރު، އެ މެޗު ސްޕެއިން ކާމިޔާބުކުރީ 2-1 އިންނެވެ. އެ މެޗުގައި ފްރާންސްގެ ރަންޑަލް ކޯލޯ މުއާނީ ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ލަމީން ޔަމާލް އާއި ޑެނީ އޮލްމޯ ވަނީ ލަނޑު ޖަހައި ސްޕެއިން މޮޅުކޮށްދީފައެވެ. މީގެ އިތުރުން، އެންމެ ފަހުން މި ދެ ގައުމު ބައްދަލުކުރި ޔޫއެފާ ނޭޝަންސް ލީގުގެ މެޗު 5-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވެސް ސްޕެއިންއެވެ.

ސްޕެއިންބެލްޖިއަމްފްރާންސްފީފާ ވޯލްޑް ކަޕް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

12 ގަޑިއިރު ކުރިން - 10:42

ވޯލްޑް ކަޕް ފައިނަލްގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި، އެންމެ އަގުބޮޑު ޓިކެޓު 34,500 ޑޮލަރަށް!

ފައިނަލް މެޗުގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި

21 ގަޑިއިރު ކުރިން - 01:27

ވޯލްޑް ކަޕްގައި މިޞްރުން ހޯދި ތާރީޚީ ކާމިޔާބީއަށް އެގައުމުން ކުލަގަދަ މަރުޙަބާއެއް ކިޔައިފި

ވޯލްޑް ކަޕްގައި މިޞްރުން ހޯދި ކާމިޔާބީއަށް އެގައުމުން ކުލަގަދަ މަރުޙަބާއެއް ކިޔައިފި

22 ގަޑިއިރު ކުރިން - 00:38

ސްޕެއިންގެ ކާމިޔާބީގެ ސިއްރަކީ ކޯޗުގެ ހަރުދަނާ އުސޫލުތަކާއި ލަމީން ޔަމާލްގެ ހުނަރު

ސްޕެއިންގެ ކާމިޔާބީގެ ސިއްރަކީ ކޯޗުގެ ހަރުދަނާ އުސޫލުތަކާއި ލަމީން ޔަމާލްގެ ހުނަރު

23 ގަޑިއިރު ކުރިން - 23:10

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

1 ދުވަސް ކުރިން - 22:00

ސްޕެއިންގައި ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 11 މީހުން މަރުވެ 19 މީހުން ގެއްލިއްޖެ

ސްޕެއިންގައި ރޯވި އަލިފާނުގެ ހާދިސާއެއްގައި 11 މީހަކު މަރުވެއްޖެ

1 ދުވަސް ކުރިން - 17:24