Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސްޕެއިންގެ ކާމިޔާބީގެ ސިއްރަކީ ކޯޗުގެ ހަރުދަނާ އުސޫލުތަކާއި ލަމީން ޔަމާލްގެ ހުނަރު

ސްޕެއިންގެ ކާމިޔާބީގެ ސިއްރަކީ ކޯޗުގެ ހަރުދަނާ އުސޫލުތަކާއި ލަމީން ޔަމާލްގެ ހުނަރު

އައިޝަތު ރުވާ ރިފްޢަތު
55 ދުވަސް ކުރިން - 10 ޖުލައި 2026 23:10
ކޯޗު ޑި ލަ ފުއެންޓޭ އާއި ލަމީން ޔަމާލް----
ކޯޗު ޑި ލަ ފުއެންޓޭ އާއި ލަމީން ޔަމާލް----
ޚުލާސާ

ސްޕެއިންގެ ކޯޗު ޑި ލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން އެޓީމު އަންނަނީ ފުޓްބޯޅައިގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން. އޭނާގެ ފަލްސަފާއަކީ ހަމައެކަނި ޓެކްޓިކްސްއަށް ބަރޯސާނުވެ، އަހުލާގީ ގޮތުން ރަނގަޅު ކުޅުންތެރިންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުން.

ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމު މިހާރު މިވަނީ ފުޓްބޯޅައިގެ ތާރީހުގައި އާ އުސްމިންތަކަކަށް ވާސިލުވުމާ ދާދި ގާތުގައެވެ. ކޯޗު ލުއިސް ޑި ލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން ސްޕެއިން އަމާޒު ހިފާފައިވަނީ އެއްވަގުތެއްގައި ވޯލްޑް ކަޕާއި ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ތަށި މިލްކުކުރާ ހަތަރުވަނަ ގައުމަށް ވުމަށެވެ. މީގެ ކުރިން މި ޝަރަފު ހޯދާފައިވަނީ 1974 ގައި ހުޅަނގު ޖަރުމަނާއި، 2000 ވަނަ އަހަރު ފްރާންސްގެ އިތުރުން 2010 ވަނަ އަހަރު ސްޕެއިނުންނެވެ.

2023 ވަނަ އަހަރުގެ ޖެނުއަރީ މަހު މަގާމާ ހަވާލުވި ފަހުން، ޑި ލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން ސްޕެއިން ބަލިވެފައިވަނީ އެންމެ ތިން މެޗުންނެވެ. އަދި މިހާރު އެޓީމު އޮތީ ބަލިނުވެ 35 މެޗު ފުރިހަމަކޮށްފައެވެ. އަންނަ ހުކުރު ދުވަހު ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ބަޔަކު ސެމީ ފައިނަލްގައި ބައްދަލުކުރަން ޖެހޭނީ ފްރާންސާއެވެ.

ޑި ލަ ފުއެންޓޭގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ އޭނާ ޓީމު ބިނާކުރާ ގޮތެވެ. އޭނާއަކީ ހަމައެކަނި ޓެކްޓިކްސްއަށް ބަރޯސާވާ ކޯޗެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ އިސްކަންދެނީ ކުޅުންތެރިންގެ މެދުގައި އޮންނަ ގުޅުމަށާއި، އަޚުލާގީ ގޮތުން ރަނގަޅު "މީހުން" ބިނާކުރުމަށެވެ. "ފުޓްބޯޅައަކީ ރަނގަޅު މީހުން ގުޅިގެން ކުޅޭ ޓީމު ކުޅިވަރެއް،" ޑި ލަ ފުއެންޓޭ ބުންޏެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ހުނަރު ހުއްޓަސް، ޓީމުގެ އެއްބައިވަންތަކަން ނަގާލާ ކުޅުންތެރިންނާއެކު ކާމިޔާބެއް ނުލިބޭނެއެވެ.

Advertisement

Advertisement 1

ސްޕެއިންގެ ފުޓްބޯޅަ ފަލްސަފާއަކީ ދިހަވަރަކަށް އަހަރުވީ ވަރުގަދަ ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. ޑި ލަ ފުއެންޓޭ ވަނީ 2013 އިން ފެށިގެން ސްޕެއިންގެ ޒުވާން ޓީމުތަކާއެކު މަސައްކަތްކޮށް، މިހާރުގެ ގިނަ ކުޅުންތެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ސްޕެއިންގެ ކުޅުން މިހާރު ވަނީ އިތުރަށް ފުރިހަމަވެ، ކޮންމެ ހާލަތަކަށްވެސް ކުޅެވޭ ފަދަ ވަރުގަދަ ޓީމަކަށް ވެފައެވެ.

މިހާރުގެ ސްޕެއިން ޓީމުން އެންމެ ބޮޑަށް ވިދަމުންދާ ތަރިއަކީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްއެވެ. އޭނާ މެނޭޖްކުރުމުގައި ޑި ލަ ފުއެންޓޭ ގެންގުޅެނީ ވަރަށް ކެތްތެރި އުސޫލެކެވެ. ކޯޗު ބުނިގޮތުގައި، ޔަމާލްގެ ފަރާތުން މިހާރު ފެންނަނީ ހަމައެކަނި ބޯޅައާއެކު ދައްކާ ހުނަރެއް ނޫނެވެ. އޭގެ ބަދަލުގައި ބޯޅަ ނެތް ވަގުތު އޭނާ ޓީމަށްޓަކައި ކުރާ ބުރަ މަސައްކަތަކީ އޭނާގެ ތަސައްރަފު ފުދިފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ. "މިއީ ލަމީންގެ ވަގުތު،" ޑި ލަ ފުއެންޓޭ ޔަމާލްއާ މެދު އޮތް އިތުބާރު ހާމަކުރަމުން ބުންޏެވެ.

ޑި ލަ ފުއެންޓޭގެ މި ހަރުދަނާ ލީޑަޝިޕާއި، ޓީމުގެ އެއްބައިވަންތަކަމާއި، ޔަމާލް ފަދަ ހުނަރުވެރި ކުޅުންތެރިންގެ އެހީގައި ސްޕެއިން އޮތީ ދުނިޔޭގެ ފުޓްބޯޅައިގެ ރަސްކަން އަލުން ހޯދުމުގެ މަގުމަތީގައެވެ.

ސްޕެއިންލަމީން ޔަމާލްފީފާ ވޯލްޑް ކަޕް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބާރުގެ ބޭނުން ކޮށްގެން މެޑްރިޑްގެ މުޒާހަރާ ރޫޅާލައިފި

ބާރުގެ ބޭނުން ކޮށްގެން މެޑްރިޑްގެ މުޒާހަރާ ރޫޅާލައިފި

1 ދުވަސް ކުރިން - 05:32

ފައިނަލް މެޗަށްފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

13 ދުވަސް ކުރިން - 22:08

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

35 ދުވަސް ކުރިން - 22:24

ރިޕޯޓު: ފަސް އަހަރު ތެރޭގައި 16 ތަށި - ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

ފަސް އަހަރު ތެރޭގައި 16 ތަށި: ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

45 ދުވަސް ކުރިން - 14:06

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި؛ މެސީއަށް ހިދުކޮޅަކަށް ލިބުނު ޝަރަފު ވެސް ފޭރިގެންފި

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި

46 ދުވަސް ކުރިން - 04:01

ފީފާގެ މަދަދުވެރިކަމާއެކު ނަހަލާލު ތައްޓެއް ނަގަން އުޅުނު ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

46 ދުވަސް ކުރިން - 03:01