Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފުޓުބޯޅަ އިން ވައްކަން ކޮށްފި: ފްރާންސްގެ ލެޖެންޑް ހެންރީ

ފުޓުބޯޅަ އިން ވައްކަން ކޮށްފި: ފްރާންސްގެ ލެޖެންޑް ހެންރީ

ހުސައިން އިސްމާއިލް
53 ދުވަސް ކުރިން - 8 ޖުލައި 2026 20:16
ފުރާންސްގެ ފުޓްބޯޅަ ލެޖެންޑް އަދި ފޮކްސް ސްޕޯޓްސް ގެ ލީޑް އެނަލިސްޓް ތިއެރީ ހެންރީ ބުނީ އާޖެންޓީނާ އާއި މިސްރު ކުޅުނު މެޗުގައި ރެފްރީ ހުރީ އާޖެންޓީނާ ކޮޅަށް ކަމަށް.
ފުރާންސްގެ ފުޓްބޯޅަ ލެޖެންޑް އަދި ފޮކްސް ސްޕޯޓްސް ގެ ލީޑް އެނަލިސްޓް ތިއެރީ ހެންރީ ބުނީ އާޖެންޓީނާ އާއި މިސްރު ކުޅުނު މެޗުގައި ރެފްރީ ހުރީ އާޖެންޓީނާ ކޮޅަށް ކަމަށް.
ޚުލާސާ

މިސްރާ ދެކޮޅަށް ނިންމި ނިންމުންތަކުގެ ސަބަބުން މިސްރާއި، އެފްރިކާ ބައްރާއި، އަދި މުޅި ފުޓްބޯޅަ ދުނިޔެއިން ވެސް "ވައްކަން ކޮށްފި. ސަލާހަށް ކުރި ފައުލަށް ޕެނަލްޓީއެއް ދޭންޖެހޭނެ އަދި ފީފާއިން ޖަވާބުދާރީވާން ޖެހޭނެ

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ރޭ އާޖެންޓީނާ އާއި މިސްރު ބައްދަލުކުރި މެޗުގައި ރެފްރީން ނިންމި ނިންމުންތަކާއި މެދު ފްރާންސްގެ ލެޖެންޑް ތިއެރީ ހެންރީ ވަރަށް ބޮޑަށް ރުޅި އައިސް ފާޑު ކިޔައިފި އެވެ.

ފޮކްސް ސްޕޯޓްސް ގައި ވާހަކަދައްކަމުން ހެންރީ ބުނީ، މިސްރާ ދެކޮޅަށް ނިންމި ނިންމުންތަކުގެ ސަބަބުން މިސްރާއި، އެފްރިކާ ބައްރާއި، އަދި މުޅި ފުޓްބޯޅަ ދުނިޔެއިން ވެސް "ވައްކަން ކޮށްފި" ކަމަށެވެ. މެޗުގެ ފަހު ވަގުތު އާޖެންޓީނާއިން ޖެހި ލަނޑާ އެކު 3-2 އިން އެ ގައުމު މޮޅުވިއިރު، ރެފްރީގެ ނިންމުންތައް ހުރީ އާޖެންޓީނާއަށް ބުރަވާ ގޮތަށް ކަމަށް އޭނާ ތުހުމަތު ކުރިއެވެ.

Advertisement

Advertisement 1

މިސްރުގެ ގޯލު ކެންސަލްކުރުމަކީ ހަޑިމުޑުދާރު ނިންމުމެއް

މެޗުގެ ދެވަނަ ހާފުގައި މިސްރުން ޖެހި މުހިންމު ގޯލެއް ވީއޭއާރު ބެލުމަށްފަހު ރެފްރީ ކެންސަލް ކުރީ، އާޖެންޓީނާގެ ލިސަންދްރޯ މާޓީނޭޒްއަށް ފައުލެއް ކުރިކަމަށް ބުނެއެވެ. މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުން ހެންރީ ބުނީ، އެއީ ފެނުނު ވަރަށް ދަށް އަދި "ހަޑިމުޑުދާރު" ނިންމުމެއް ކަމަށެވެ. އޭނާ ދެކޭގޮތުގައި އެއީ ގޯލެއް ކަމަށް ނިންމަން ޖެހޭނެ ހާލަތެކެވެ.

ސަލާހަށް ކުރި ފައުލަށް ޕެނަލްޓީއެއް ދޭންޖެހޭނެ

މެޗުގެ 92 ވަނަ މިނެޓުގައި އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް މޮޅުވި ލަނޑު ޖެހުމުގެ ސިކުންތުކޮޅެއް ކުރިން، އާޖެންޓީނާގެ ފެނަލްޓީ އޭރިއާ ތެރެއިން މުހައްމަދު ސަލާހަށް އާޖެންޓީނާގެ ކުޅުންތެރިއަކު ފައުލްކުރި ކަމަށް ހެންރީ ފާހަގަކުރިއެވެ. އެހެންކަމުން، އާޖެންޓީނާގެ ތިންވަނަ ގޯލު ކެންސަލްކޮށް މިސްރަށް ޕެނަލްޓީއެއް ދޭންޖެހޭނެ ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް ރެފްރީ އެ ކަން ބަލާފައި ނުވާތީ ހެންރީ ވަނީ ސުވާލު އުފައްދާފައެވެ.

މި ނިންމުންތަކަށް ފީފާއިން ޖަވާބުދާރީވާން ޖެހޭނެ

މި މެޗުގައި ރެފްރީން ކަންތައް ކުރި ގޮތުން ފުޓްބޯޅައިގެ އިންސާފާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ކަމަށް ހެންރީ ބުންޏެވެ. އަދި އާޖެންޓީނާ މޮޅުވި ނަމަވެސް، މުޅި ދުނިޔެ ބަލަން ހުއްޓާ ހިނގާދިޔަ މި ކަންތައްތަކާ މެދު ދުނިޔޭގެ ފުޓްބޯޅަ އިދާރާ، އިން މުޅި ފުޓްބޯޅަ އާއިލާއަށް ސާފު ޖަވާބެއް ދޭންޖެހޭނެ ކަމަށް އޭނާ ގޮވާލިއެވެ.

މިސްރުން ވަނީ ރަސްމީކޮށް ފީފާއަށް މައްސަލަ ހުށަހަޅާފައި

މި މެޗުގެ ރެފްރީ ފްރާންސްގެ ފްރާންސުއާ ލެޓެކްސިއޭގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިހާރު ވަނީ ފީފާއަށް ރަސްމީ މައްސަލައެއް ހުށަހަޅާފައެވެ. އެ އިދާރާއިން ބުނެފައިވަނީ ރެފްރީގެ ބޭއިންސާފު ނިންމުންތަކުގެ ސަބަބުން މިސްރު މުބާރާތުން ކަޓައިގެން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ ރެފްރީ މުބާރާތުން ވަކިކުރަން ޖެހޭނެ ކަމަށެވެ.

ފީފާ ވޯލްޑް ކަޕްއާޖެންޓީނާއިޖިޕްޓްތިއެރީ ހެންރީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފައިނަލް މެޗަށްފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

9 ދުވަސް ކުރިން - 22:08

ސައޫދީ ފޯސް އަށް މިސްރު ބައިވެރި ކުރަން ސައޫދީން ދެކޮޅު ހަދައިފި

ސައޫދީ ފޯސް އަށް މިސްރު ބައިވެރި ކުރަން ސައޫދީން ދެކޮޅު ހަދައިފި

18 ދުވަސް ކުރިން - 16:27

މިސްރަށް ބިންހެލުމެއް އައިސްފި

މިސްރަށް ބިންހެލުމެއް އައިސްފި

28 ދުވަސް ކުރިން - 09:36

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

31 ދުވަސް ކުރިން - 22:24

މިސްރުގެ ބަނދަރެއްގައި އޮތް އެމެރިކާގެ ޓޭންކަރަކަށް އީރާނުން ބާރުގަދަ ޑްރޯން ހަމަލާއެއް ދީފި!

މިސްރުގެ ބަނދަރެއްގައި އޮތް އެމެރިކާގެ ޓޭންކަރަކަށް އީރާނުން ހަމަލާ ދީފި

32 ދުވަސް ކުރިން - 04:53

ރިޕޯޓު: ފަސް އަހަރު ތެރޭގައި 16 ތަށި - ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

ފަސް އަހަރު ތެރޭގައި 16 ތަށި: ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

41 ދުވަސް ކުރިން - 14:06