Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އާޖެންޓީނާގެ އެފްއޭއިން އެމެރިކާގައި ހިންގި މާލީ މުއާމަލާތްތަކެއްގެ މައްސަލަ އެފްބީއައި އިން ބަލަން ފަށައިފި

އާޖެންޓީނާގެ އެފްއޭއިން އެމެރިކާގައި ހިންގި މާލީ މުއާމަލާތްތަކެއްގެ މައްސަލަ އެފްބީއައި އިން ބަލަން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
2 ގަޑިއިރު ކުރިން - 8 ޖުލައި 2026 19:49
އާޖެންޓީނާ
އާޖެންޓީނާ
ޚުލާސާ

މި މައްސަލައިގެ ވާހަކަ މިހާރު ގަދައަށް ދެކެވެމުން މިދަނީ ވޯލްޑް ކަޕުގައި މިސްރާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗަށް ފަހު ކަމުގައިވީ ނަމަވެސް، މި މައްސަލައިގެ ތަހުގީގު އެންމެ ފުރަތަމަ ފަށާފައިވަނީ 2025 ވަނަ އަހަރުގެ ތެރޭގައި.

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026ގެ ފޯރިގަދަވެފައި ވަނިކޮށް، އާޖެންޓީނާގެ ފުޓުބޯޅައިގެ މައި އިދާރާ (އޭއެފްއޭ) އިން އެމެރިކާގައި ހިންގާފައިވާ މާލީ މުއާމަލާތްތަކަކާ ގުޅޭ ސީރިއަސް މައްސަލައެއް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

ބޭރުގެ ބޮޑެތި މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެފްބީއައި އިން ބަލަމުންދަނީ ފާއިތުވީ ދުވަސްތަކުގެ ތެރޭގައި އާޖެންޓީނާގެ އެފްއޭ އިން އެމެރިކާގެ ބޭންކިން ނިޒާމުގެ ތެރޭގައި 300 މިލިއަން ޑޮލަރު ދައުރުކޮށްފައިވާ ގޮތެވެ. މި ފައިސާ ދައުރުކުރުމަށްޓަކައި އެ ގައުމުގެ ފަސް މާލީ އިދާރާއެއްގައި އޭއެފްއޭ އިން އެކައުންޓުތައް ހުޅުވާފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ހާމަވެ އެވެ.

މި ތަހުގީގުގެ މައިގަނޑު ބޭނުމަކީ، އޭއެފްއޭ އިން މި ފައިސާ ދައުރުކުރުމުގައި އެމެރިކާގެ މާލީ ގާނޫނުތަކާ ހިލާފު އެއްވެސް އަމަލެއް ހިންގާފައިވޭތޯ ބެލުމެވެ. މީގެ ތެރޭގައި މަކަރާއި ހީލަތް ހެދުމުގެ ކުށާއި، މަނީ ލޯންޑަރިންގެ އެއްވެސް ހަރަކާތެއް ހިންގާފައިވޭތޯ އެފްބީއައި އިން ދަނީ ވަރަށް ގާތުން ބަލަމުންނެވެ.

Advertisement

Advertisement 1

ރިޕޯޓުތައް ބުނާގޮތުގައި، އޭއެފްއޭގެ ބައިނަލްއަގުވާމީ ކޮމާޝަލް ކޮންޓްރެކްޓުތައް ބަލަހައްޓާ ކުންފުނިން ވަނީ ސިޓިބެންކް، ސިނޯވަސް، ބެންކް އޮފް އެމެރިކާ، ޖޭޕީ މޯގަން އަދި ޕީއެންސީ ބޭންކް މެދުވެރިކޮށް 250 މިލިއަން ޑޮލަރު ދައުރުކޮށްފަ އެވެ. ނަމަވެސް މީގެ ތެރެއިން ސައްހަކަން ކަށަވަރު ކުރެވިފައިވަނީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މުއާމަލާތުގެ އެވެ. މީގެ އިތުރުން ދައުރުކުރި 57 މިލިއަން ޑޮލަރުގެ އަސްލާއި އެ ފައިސާ ދައުރުކުރި ކުންފުނިތަކުގެ ސައްހަކަން މިހާތަނަށް ކަށަވަރު ކުރެވިފައި ނުވާ ކަމަށް ރިޕޯޓުތައް ބުންޏެވެ.

މި މައްސަލައިގެ ވާހަކަ މިހާރު ގަދައަށް ދެކެވެމުން މިދަނީ ވޯލްޑް ކަޕުގައި މިސްރާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗަށް ފަހު ކަމުގައިވީ ނަމަވެސް، މި މައްސަލައިގެ ތަހުގީގު އެންމެ ފުރަތަމަ ފަށާފައިވަނީ 2025 ވަނަ އަހަރުގެ ތެރޭގަ އެވެ. އެމެރިކާގެ ތިން ފެޑެރަލް ޕްރޮސެކިއުޓަރުން މިހާރު ގެންދަވަނީ މިއީ މާލީ ބޮޑު ކުށެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ.

އާޖެންޓީނާގެ ފުޓުބޯޅަ ފެޑެރޭޝަނާ ގުޅޭގޮތުން މިފަދަ ތަހުގީގެއް ހިނގަމުންދާއިރު، މީގެ ކުރިން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގައާއި މިފަހަރުގެ މުބާރާތުގައި ވެސް ފީފާއިން އާޖެންޓީނާއަށް ނުހައްގު ފުރުސަތުތަކެއް ދޭ ކަމުގެ ތުހުމަތުތަކެއް ކުރެވުނެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް މިހާތަނަށް ސާބިތުވެފައެއް ނުވެ އެވެ.

އާޖެންޓީނާފީފާ ވޯލްޑް ކަޕް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުޓުބޯޅަ އިން ވައްކަން ކޮށްފި: ފްރާންސްގެ ލެޖެންޑް ހެންރީ

ފުޓުބޯޅަ އިން ވައްކަން ކޮށްފި: ފްރާންސްގެ ލެޖެންޑް ހެންރީ

2 ގަޑިއިރު ކުރިން - 20:16

އައިޝޯސްޕީޑަށް ނަސްލީ ގޮތުން ފުރައްސާރަކުރި މައްސަލަ ފީފާއިން ތަހުގީގު ކުރަން ފަށައިފި

އައިޝޯސްޕީޑަށް ނަސްލީ ގޮތުން ފުރައްސާރަކުރި މައްސަލަ ފީފާއިން ތަހުގީގު ކުރަން ފަށައިފި

3 ގަޑިއިރު ކުރިން - 19:18

ފީފާއާއި ރެފްރީގެ އެހީތެރިކަމާއެކު އާޖެންޓީނާ ކުއާޓާ އަށް؛ މިސްރުގެ މައްސަލައަކަށްވީ ފަލަސްތީނަށް ހަމްދަރުދީވުން

ފީފާއާއި ރެފްރީގެ އެހީތެރިކަމާއެކު އާޖެންޓީނާ ކުއާޓާ އަށް

22 ގަޑިއިރު ކުރިން - 23:38

ޓްރަމްޕު ނުފޫޒު ފޯރުވައި ހުރިހާ ބާރެއް ބޭނުންކުރީމާ ވެސް އެމެރިކާ ކަޓައިފި

ޓްރަމްޕު ނުފޫޒު ފޯރުވައި ހުރިހާ ބާރެއް ބޭނުންކުރީމާ ވެސް އެމެރިކާ ކަޓައިފި

1 ދުވަސް ކުރިން - 10:30

ފަހުވަގުތު ޖެހި ލަނޑުން ސްޕެއިނުން ޕޯޗުގަލް “ފައްތާލައިފި”

ފަހުވަގުތު ޖެހި ލަނޑުން ސްޕެއިނުން ޕޯޗުގަލް “ފައްތާލައިފި”

1 ދުވަސް ކުރިން - 02:41

ގިނަމީހުން ބޭނުމީ އެމެރިކާ ބަލިވާތަން ދެކެން

ގިނަމީހުން ބޭނުމީ އެމެރިކާ ބަލިވާތަން ދެކެން

1 ދުވަސް ކުރިން - 23:09