ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ ހައިސިއްޔަތުން ސެކިއުރިޓީ އާއި ކާރުގެ ޚަރަދެއް ބޭނުންފުޅު ނުވާ ކަމަށް މަޖިލީހުގެ ނައިބުރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް ވިދާޅުވީ އޭނާ މަޖިލީހުގެ ނައިބުރައީސް ކަމެއް ކޮންމެހެން ބޭނުންފުޅެއް ނޫން ކަމަށާއި، އެހެންނަމަވެސް މިއަދުގެ ޙާލަތާއި
”އަޅުގަނޑުވެސް މަޖިލީހުގެ ނައިބުރައީސްކަމެއް ބޭނުމެއް ނޫން.… އެހެންނަމަވެސް، މިއަދުގެ ޙާލަތާ މިއަދުގެ ޕާޓީގެ މަސްލަޙަތާ ޕާޓީގެ އެކުވެރިކަމާ ޕާޓީގެ ގުޅުން ބަދަހިކުރުމަށްޓަކާ ވަރުގަދަ ކުރުމަށްޓަކާ އަޅުގަނޑު މި މަޤާމާ ޙަވާލުވީ”، ސަލީމް ވިދާޅުވިއެވެ.
ޤައުމުގެ ދަރަނީގެ ޙާލަތާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން، މާލިއްޔަތު ކޮމެޓީގައި ވެސް އިންނަވާ ސަލީމް ވިދާޅުވީ މިސަރުކާރު ޙަވާލުވި އިރު ދައުލަތުގެ ދަރަނި ހުރީ 126 ބިލިއަން ރުފިޔާގައެވެ. މިދިޔަ ހުރިހާ ދުވަހެއްގައި މި ސަރުކާރުން ދަރަނީގެ ގޮތުގައި ގާތްގަނޑަކަށް ނެގީ އެންމެ ސައުވީހަކަށް ބިލިއަން ރުފިޔާ ކަމަށާއި، 60 ބިލިއަން ރުފިޔާގެ ދަރަނި ނަގައިފިއޭ ކިޔައި އިދިކޮޅު ފަރާތްތަކުން ދޮގު ވާހަކަތައް ދައްކާކަން ފާހަގަކުރެއްވިއެވެ.
“ހަގީގަތް މިއޮތީ ފެންނަން. އަޅުގަނޑުމެންގެ އޮތީ 24 ބިލިއަން އަދި މިހާތަނަށް، އަޅުގަނޑުމެންގެ ދަރަނި ސާފުކޮށް ފެންނަން އެހެރީ”، ސަލީމް ވިދާޅުވިއެވެ.









