Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކަނޑުތައް ހޫނުވެ ފަރުތައް ހުދުވަމުންދާތީ، އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

ކަނޑުތައް ހޫނުވެ ފަރުތައް ހުދުވަމުންދާތީ، އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

އައިޝަތު ރުވާ ރިފްޢަތު
82 ދުވަސް ކުރިން - 8 ޖޫން 2026 08:49
ރައީސް ޑރ. މުއިއްޒު. / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ކަނޑުތަކަކީ ދިވެހިންގެ އިގްތިސާދާއި ކާނާގެ ރައްކާތެރިކަމާ ސީދާ ގުޅިފައިވާ އަސާސެއްކަން އެމަނިކުފާނު ފާހަގަކުރެއްވި. އެހެންކަމުން، ދެމެހެއްޓެނިވި މަސްވެރިކަމާއި، ފަރުތައް އާލާކުރުމާއި، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން އިސްކަންދީގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި މެސެޖެއްގައި، ކަނޑުތައް ހޫނުވުމާއި ފަރުތައް ހުދުވުމުގެ މައްސަލައަށް ބައިނަލްއަޤުވާމީ ފެންވަރުގައި އަވަސް ހައްލެއް ހޯދުމަށް ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އެކްސް އެކައުންޓް މެދުވެރިކުރައްވައި ފޮނުއްވި މި މެސެޖުގައި ވިދާޅުވީ، ދުޅަހެޔޮ ކަނޑުތަކަކީ ދިރުންތަކަށާއި ދުނިޔޭގެ މުސްތަގުބަލަށް ކޮންމެހެން ބޭނުންތެރި އެއްޗެއް ކަމަށެވެ. އަދި ކަނޑުތަކާ ދިވެހިންނާ އޮތް ގުޅުމަކީ ވަރަށް ފުން އަދި ޒާތީ ގުޅުމެއްކަން ފާހަގަކުރައްވައި، މިއީ ރާއްޖޭގެ އިގްތިސާދާއި، ކާނާގެ ރައްކާތެރިކަމާއި، ތިމާވެށީގެ ދެމެހެއްޓެނިވިކަމާ ސީދާ ގުޅިފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ސަރުކާރުން ގެންގުޅޭ ދުރާލައި ރޭވިފައިވާ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުގެ ދިރާސާތައް ވަރުގަދަކުރުމާއި، ފަރުތަކުގެ ދުޅަހެޔޮކަން ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން ފަރުތައް އާލާކުރުމާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކަށް ކެތްކުރެވޭނެ ފަދަ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ފިޔަވަޅުތައް އެޅުމަށް އިސްކަންދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

Advertisement

Advertisement 1
"ކަނޑުތައް ހޫނުވުމާއި، ފަރުތައް ހުދުވުމާއި، ގޮނޑުދޮށްތައް ގިރުމުގެ މައްސަލަ ދަނީ އިތުރުވަމުން. އެހެންކަމުން ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި ބައިނަލްއަޤުވާމީ އެއްބާރުލުން މިހާރަށްވުރެ ބޮޑަށް ބޭނުންވޭ،"
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެންގެ ދިރިއުޅުމުގެ އަސާސްކަމުގައިވާ ކަނޑުތައް ހިމާޔަތްކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ އުޒުމް އާކުރުމަށް ގޮވާލައްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

2 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

9 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02