Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިބްރާހީމް ރަޝާދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

އިބްރާހީމް ރަޝާދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
1 ދުވަސް ކުރިން - 6 ޖޫން 2026 22:21
އަލްމަރުހޫމް އިބްރާހިމް ރަޝާދު---
އަލްމަރުހޫމް އިބްރާހިމް ރަޝާދު---
ޚުލާސާ

އިބްރާހީމް ރަޝާދު ދައުލަތުގެ ހިދުމަތް ފެށްޓެވީ 26 ޖޫން 1961 ގައި. ހިދުމަތުން ވަކިވެވަޑައިގެންނެވީ 2008 ވަނަ އަހަރު. ރައީސް ވިދާޅުވީ އިބްރާހީމް ރަޝާދަކީ ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް މުރާލިކަމާއި، ތެދުވެރިކަމާއި، ރޭވުންތެރިކަމާއެކު އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމަށް.

ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިޔާގެ ލަގަބް އަރުވާފައިވާ މައްޗަންގޮޅީ އަލިތަރި އިބްރާހީމް ރަޝާދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ މަނިކުފާނުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އިބްރާހީމް ރަޝާދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 78 އަހަރެވެ.

މި ހިތާމަވެރި ހަބަރު ލިބިވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިބްރާހީމް ރަޝާދަކީ ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް މުރާލިކަމާއި، ތެދުވެރިކަމާއި، ރޭވުންތެރިކަމާއެކު އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމަށެވެ. އަދި އެ މަނިކުފާނަކީ ހިކްމަތްތެރި، ހިންގުންތެރި ޝަހުސިއްޔަތެއްކަން ފާހަގަކުރައްވައި، ގައުމަށް ގެއްލިގެން އެދިޔައީ ބޭނުންތެރި، އަގުހުރި ތަޖުރިބާކާރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement

Advertisement 1

ހާއްސަގޮތެއްގައި، މީގެ ވިއްސަކަށް އަހަރަށްވުރެ ކުރިން، ޓެކްނޯލޮޖީގެ ވަސީލަތްތައް މަދު ޒަމާނެއްގައިވެސް ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކޮށް، ރައްޔިތުންނަށްދޭ ހިދުމަތްތައް ފަސޭހަކުރުމަށް އިބްރާހީމް ރަޝާދު ކުރެއްވި މަސައްކަތްޕުޅުތައް ރައީސް ފާހަގަކުރެއްވިއެވެ. އަދި އަމާނާތްތެރިކަމާއެކު ރައްޔިތުންނާއި ވެރިންގެ އިތުބާރު އެ މަނިކުފާނު ހޯއްދަވާފައިވާކަންވެސް ރައީސްގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.

އަލްމަރްހޫމް އިބްރާހީމް ރަޝާދަކީ ދައުލަތުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ފާދިއްޕޮޅާއި ކޮޅުމަޑުލުގެ އަތޮޅުވެރިކަމާއި، 6 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮމިޝަނަރ އޮފް އިލެކްޝަންސްގެ މަގާމު ހިމެނެއެވެ. މީގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސްގެ މަގާމާއި، އެސްޓީއޯގެ މެނޭޖަރުކަމާއި، އެކި މިނިސްޓްރީތަކުގެ އިސް މަގާމުތައް ފުރުއްވާފައިވެއެވެ.

އިބްރާހީމް ރަޝާދު ދައުލަތުގެ ހިދުމަތް ފެށްޓެވީ 26 ޖޫން 1961 ގައެވެ. 4 ސެޕްޓެންބަރު 2008 ގައި ހިދުމަތުން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސްގެ މަގާމުގައެވެ.

އަވަހާރަވިއިރު، އަލްމަރްހޫމް އިބްރާހީމް ރަޝާދުގެ އަނބިކަނބަލަކާއި ތިން އަންހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

ތައުޒިޔާރައީސް ޑރ. މުހައްމަދު މުއިއްޒު
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފ. ދަރަނބޫދޫގެ އާ ފުޓްސަލް ދަނޑު ފަސްޓް ލޭޑީ ސާޖިދާ ހުޅުއްވައިދެއްވައިފި

ފ. ދަރަނބޫދޫގެ އާ ފުޓްސަލް ދަނޑު ފަސްޓް ލޭޑީ ސާޖިދާ ހުޅުއްވައިދެއްވައިފި

3 ގަޑިއިރު ކުރިން - 19:58

ރެކޯޑަކަށްފަހު ރެކޯޑެއް! މިފަހަރު ސަރުކާރުން ރެކޯޑު މިހެދީ ހުރިހާ އާރުޓީއަކަށް 100 އިންސައްތަ ޖަވާބުދީގެން

ރެކޯޑަކަށްފަހު ރެކޯޑެއް! މިފަހަރު ސަރުކާރުން ރެކޯޑު މިހެދީ ހުރިހާ އާރުޓީއަކަށް ޖަވާބުދީގެން

3 ގަޑިއިރު ކުރިން - 19:33

މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި؛ އަމާޒަކީ ކިލޯއެއް 20 ރުފިޔާއަށް ޖެއްސުން - ސީއީއޯ

މިއަދު މިފްކޯގެ ހުރިހާ ސެންޓަރުތަކުން، ބޯޓުފަހަރުން މަސް ގަންނަ އަގަކީ 18.50ރ.

9 ގަޑިއިރު ކުރިން - 13:26

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

12 ގަޑިއިރު ކުރިން - 10:48

ތިމާވެށި ހިމާޔަތްކުރުމަށް ގްރީން ފަންޑުން އަހަރަކު 7 މިލިއަން ރުފިޔާ ކަނޑައަޅުއްވައިފި

ތިމާވެށި ހިމާޔަތްކުރުމަށް ގްރީން ފަންޑުން އަހަރަކު 7 މިލިއަން ރުފިޔާ ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން - 18:49

ވަކި ރަށެއް އިސްތިސްނާ ނުކޮށް ހުރިހާ ރަށެއްގައި ވެސް ޒަމާނީ ކުނިކޮށި އަޅަނީ

ވަކި ރަށެއް އިސްތިސްނާ ނުކޮށް ހުރިހާ ރަށެއްގައި ވެސް ޒަމާނީ ކުނިކޮށި

1 ދުވަސް ކުރިން - 11:01