Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

"އޮފް ކެމްޕަސް"ގެ ދެވަނަ ސީޒަނެއް އަންނަނީ

"އޮފް ކެމްޕަސް"ގެ ދެވަނަ ސީޒަނެއް އަންނަނީ

އައިޝަތު ރުވާ ރިފްޢަތު
76 ދުވަސް ކުރިން - 2 ޖޫން 2026 21:57
"އޮފް ކެމްޕަސް"ގެ ދެވަނަ ސީޒަން
"އޮފް ކެމްޕަސް"ގެ ދެވަނަ ސީޒަން
ޚުލާސާ

"އޮފް ކެމްޕަސް"ގެ ދެވަނަ ސީޒަން ރިލީޒްކުރާނެ ރަސްމީ ތާރީހެއް އަދި އިއުލާނުކޮށްފައެއް އަދި ނުވި ނަމަވެސް، މި ޖޫން މަހުގެ 1 ވަނަ ދުވަހު ސީރީޒްގެ ޝޫޓިންގ ވަނީ ފަށާފައި.

ކޮލެޖް ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "ސޯޕީ" ރޮމޭންސް ސީރީޒް "އޮފް ކެމްޕަސް" އަށް ބެލުންތެރިންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބާއެކު، މި ސީރީޒްގެ ދެވަނަ ސީޒަނެއް އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

އެލް ކެނެޑީގެ މަޝްހޫރު ފޮތް ސީރީޒްގެ މައްޗަށް ބިނާކޮށް ޕްރައިމް ވީޑިއޯއިން ގެނެސްދޭ މި ސީރީޒަކީ އެ ޕްލެޓްފޯމުގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ބެލި ތިންވަނަ ސީރީޒެވެ. ފުރަތަމަ ދެ ހަފުތާގެ ތެރޭގައި އެކަނިވެސް 36 މިލިއަން މީހުން މި ސީރީޒް ބަލާފައިވާއިރު، މިއީ ގިނަ ބަޔަކު އުންމީދުކުރި ވަރަށްވުރެ ބޮޑު ކާމިޔާބީއެކެވެ.

މި ސީރީޒަށް މިހާ ބޮޑު މަގުބޫލުކަމެއް ލިބެނީ މީގައި ފެންނަ ހިތްގައިމު މާހައުލާއި، ކުޅިވަރު ކުޅުންތެރިންގެ ދިރިއުޅުމާއި، ލޯބީގެ ގުޅުންތަކުގެ ސަބަބުންނެވެ. ބިރުވެރި ނުވަތަ ނުރައްކާތެރި ކަންތައްތަކެއް ނުފެނުނު ކަމުގައިވިޔަސް، ކޮންމެ ކެރެކްޓަރަކަށް ދިމާވާ ހުރަސްތަކުން އަރައިގަނެ، އެންމެ ފަހުން ހުރިހާ ކަމެއް ރަނގަޅުވާނެކަމުގެ ޔަގީންކަން ބެލުންތެރިންނަށް އޮތުމަކީ މި ސީރީޒްގެ ހާއްސަ ސިފައެކެވެ.

Advertisement

Advertisement 1

އެމެޒޯންއިން މި ސީރީޒްގެ ކާމިޔާބީ ކުރިންވެސް އަންދާޒާކޮށްފައިވާތީ، ފުރަތަމަ ސީޒަން ރިލީޒްކުރުމުގެ އެތައް މަހެއް ކުރިން، މިދިޔަ ފެބްރުއަރީ މަހު ވަނީ ދެވަނަ ސީޒަނަކަށް ސޮއިކޮށްފަ އެވެ.

ފުރަތަމަ ސީޒަނުން ގަރެޓް ގްރަހަމް (ބެލްމަންޓް ކެމެލީ) އާއި ހަނާ ވެލްސް (އެލާ ބްރައިޓް) ގެ ވާހަކަ ފެނިގެންދިޔަ ނަމަވެސް، ދެވަނަ ސީޒަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ތަފާތު ދެ ލޯބިވެރިންގެ ވާހަކައަށެވެ. އެމެޒޯންއިން ހާމަކޮށްފައިވާ ގޮތުގައި، ދެވަނަ ސީޒަންގެ މައިގަނޑު ޖޯޑަކީ ހަނާގެ އެންމެ ގާތް އެކުވެރިޔާ އެލީ (މިކާ އަބްދުﷲ) އާއި ގަރެޓްގެ ރަހުމަތްތެރިޔާ ޑީން (ސްޓީވަން ކަލީން) އެވެ.

ސީރީޒްގެ ލިޔުންތެރިޔާ ލުއީސާ ލެވީ ބުނި ގޮތުގައި، އެލީ އާއި ޑީންގެ ވާހަކަ މައިގަނޑު ވާހަކައަށް ވީނަމަވެސް، ހަނާ އާއި ގަރެޓްވެސް މުހިންމު ބައެއްގެ ގޮތުގައި ސީރީޒުން ފެންނާނެ އެވެ. މީގެ އިތުރުން ލޯގަން (އެންޓޯނިއޯ ސިޕްރިއާނޯ) އާއި ޓަކާ (ޖޭލަން ތޯމަސް ބްރޫކްސް) ވެސް ދެވަނަ ސީޒަނުން ފެންނާނެ އެވެ.

އާ ކާސްޓުންގެ ގޮތުގައި އިންޑިއާ ފައުލާ (ގްރޭސް އައިވަރސްގެ ރޯލުން) އަދި ފިލިޕާ ސޫ މި ސީރީޒާ ގުޅޭނެ އެވެ. ނަމަވެސް، ފުރަތަމަ ސީޒަންގައި ޖަސްޓިންގެ ރޯލުން ފެނުނު ޖޯޝް ހިއުސްޓަން ދެވަނަ ސީޒަނަކުން ނުފެންނާނެ އެވެ.

"އޮފް ކެމްޕަސް" ގެ ދެވަނަ ސީޒަން ރިލީޒްކުރާނެ ރަސްމީ ތާރީހެއް އަދި އިއުލާނުކޮށްފައެއް އަދި ނުވެއެވެ. ނަމަވެސް، މި ޖޫން މަހުގެ 1 ވަނަ ދުވަހު ސީރީޒްގެ ޝޫޓިންގ ވަނީ ފަށާފަ އެވެ. ކުރީގެ ތަޖުރިބާއަށް ބަލާއިރު، ބޮޑަށް ބެލެވެނީ 2027 ވަނަ އަހަރުގެ މޭ މަހު ނުވަތަ އޭގެ ކުރިންވެސް މި ސީރީޒް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށެވެ.

ހޮލީވުޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އޮޅުވާލައިގެން ފައިސާ ހޯދި ކަމަށް ބުނެ ސެލީނާ ގޯމޭޒް އާއި އޭނާގެ މަންމަގެ މައްޗަށް ދައުވާކޮށްފި

އޮޅުވާލި ކަމަށް ބުނެ ސެލީނާއާއި އޭނާގެ މަންމަގެ މައްޗަށް ދައުވާކޮށްފި

4 ގަޑިއިރު ކުރިން - 12:36

އޮސްކާ ހާސިލްކޮށްފައިވާ މަޝްހޫރު ބަތަލާ ބްރެންޑާ ފްރިކާ އުމުރުން 81 އަހަރުގައި މަރުވެއްޖެ

އޮސްކާ ހާސިލްކޮށްފައިވާ މަޝްހޫރު ބަތަލާ ބްރެންޑާ ފްރިކާ އުމުރުން 81އ މަރުވެއްޖެ

30 ދުވަސް ކުރިން - 18:53

މައިކަލް ޖެކްސަންގެ ބަޔޮޕިކް "މައިކަލް"އަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއާއެކު އާ ރެކޯޑެއް

މައިކަލް ޖެކްސަންގެ ބަޔޮޕިކް"މައިކަލް"އަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް

36 ދުވަސް ކުރިން - 14:33

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

38 ދުވަސް ކުރިން - 22:00

ޓެއިލާ ސުވިފްޓާއި ޓްރެވިސް ކެލްސީ ކައިވެނިކޮށްފި

ޓެއިލާ ސުވިފްޓާއި ޓްރެވިސް ކެލްސީ ކައިވެނިކޮށްފި

43 ދުވަސް ކުރިން - 20:18

ޓްރަމްޕްގެ ސިޔާސަތުތަކަށް އަރިއާނާ ބުނީ 'ބާއި': އޭނާގެ ލަވަ ބޭނުންކުރުން މަނާކޮށްފި!

ޓްރަމްޕްގެ ސިޔާސަތުތަކަށް އަރިއާނާ ބުނީ 'ބާއި'!

65 ދުވަސް ކުރިން - 22:21