ޙައްޖު ދުވަހަކީ ރަޙްމަތާއި ބަރަކާތާއި ބާއްޖަވެރިކަމާއި ރުއްސެވުމާއި ފުއްސެވުމުގެ ދުވަސް ކަމަށް ވިދާޅުވެ ދިވެހި އެންމެހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްޖު ދުވަހުގެ ތަހުނިޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ މެސެޖު ފައްޓަވާފައިވަނީ ތަލްބިޔާގެ މާތް ބަސްތަކުންނެވެ.

https://x.com/mmuizzu/status/2058969713938686195?s=61

ޙައްޖު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުވެސް ވަނީ ދިވެހި ޙައްޖާޖީންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގެންފައިވެއެވެ. މީގެ އިތުރުން، ދިވެހި ކޮންމެ އަޚަކާއި އުޚްތަކަށް، އަދި މުޅި އިސްލާމީ އުންމަތަށް މި ބަރަކާތްތެރި ޙައްޖު ދުވަހުގެ އަޖުރާއި ރަޙްމަތް އެންމެ ހެޔޮގޮތުގައި ދެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައިވެއެވެ.

https://x.com/sajidhaamohamed/status/2058975669326069777?s=61

އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހުރިހާ ޙާޖީންވެސް މިވަގުތު ތިބީ ޢަރަފާތު ބިމުގައެވެ. އަދި ހުރިހާ ޙާޖީންގެ ހާލުވެސް މިވަގުތު ރަނގަޅުކަމަށް ސަރުކާރުން ހާމަކުރައްވައެވެ.