ޔަހޫދީންގެ ހުރަސްތައް ގިރާކޮށް ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމަށް އެއްގަމުމަގުން ޣައްޒާއަށް ވަންނަން ދިޔަ ގާފިލާގައި ތިބި މީހުންގެ ގައިގައި ތަޅާލައިފިއެވެ.

ޚަބަރު ލިބޭ ގޮތުގައި ހުޅަނގު ލީބިޔާގެ ގޮތްނޭނގޭ ޖަމާއަތްތަކުން ގާފިލާ އާއި ދިމާކޮށް، ގާފިލާ މަޑުކޮށްލައިގެން އޮތް ސަރަޙައްދަށް ވަދެ ވެހިކަލްތަކާއި ތަކެއްޗަށް ޙަމަލާދީ އެކްޓިވިސްޓުންގެ ގައިގައި ތަޅައި ވަރަށް ބޮޑަށް އަނިޔާ ކޮށްފައި ވެއެވެ. މީގެ އިތުރުން ޓެންޓްތައް ވެސް ވަނީ ވައްޓާލާފައެވެ.

މި ގާފިލާ އަކީ ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމާއި އިސްރާއީލުން އެ ސަރަހައްދު ހިސާރުކޮށްފައިވާތީވެ، އެކަމާއި ދެކޮޅަށް މުޒާހަރާ ކުރުމުގެ މަގުސަދުގައި މިހާރު ކުރަމުންދާ ބައިނަލްއަގްވާމީ އެއްބައިވަންތަކަމުގެ މަސައްކަތުގެ ބައެކެވެ.