ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ފުރައިވަޑައިގެންފިއެވެ.
ސިންގަޕޫރަށް ރައީސް ފުރައިވަޑައިގެންނެވި ސަބަބެއް ސީދާ ނޭނގެ އެވެ. އަދި ރައީސް އޮފީހުން ވެސް މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވީ ނިމިދިޔަ ޑިސެމްބަރު މަސް ތެރޭގައެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނުރަސްމީ ދަތުރުފުޅުތަކުގައި އާންމުކޮށް ރާއްޖޭގެ ރައީސުން ސިންގަޕޫރަށް ވަޑައިގަންނަވަނީ ބޭސްފަރުވާ ހޯއްދެއްވުމަށެވެ.








