Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދެ މަސްތެރޭ ބޭހުގެ މައްސަލައަށް ބޮޑު ހައްލެއް ގެނެވޭނެ: ރައީސް

ދެ މަސްތެރޭ ބޭހުގެ މައްސަލައަށް ބޮޑު ހައްލެއް ގެނެވޭނެ: ރައީސް

އައިޝަތު ރުވާ ރިފްޢަތު
97 ދުވަސް ކުރިން - 24 މެއި 2026 11:01
ނެޝަނަލް ޗެޓް ޕްރޮގްރާމްގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ނެޝަނަލް ޗެޓް ޕްރޮގްރާމްގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ދިގުމުއްދަތަކަށް ބޭސް ބޭނުންކުރާ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އިސްކަންދެއްވާ ކަމަށް ރައީސް ވިދާޅުވި.

ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ބޭހުގެ މައްސަލައަށް ވަރަށް ބޮޑު އަދި ހެޔޮ ބަދަލެއް އަންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރައްޔިތުންނާ ގާތުން މުއާމަލާތް ކުރެއްވުމަށް ކުރިއަށްގެންދާ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ބޭހުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އެއްފަހަރާ ކުރަމުންދާ ކަމަށެވެ. ހާއްސަކޮށް، ދިގުމުއްދަތަކަށް ބޭސް ބޭނުންކުރާ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އިސްކަންދެއްވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ވަރަށް ބޮޑު ބަދަލެއް އަންނާނެ އިނގޭތޯ. އެކަމަށްޓަކައި އުފެއްދި ސްޓޭޓް ފާމާ ކުންފުނިން މިހާރުވެސް ވަރަށް ގިނަ މަސައްކަތްކޮށްފި. ޖޫން ޖުލައިއާ ހަމައަށް ދާއިރު ވަރަށް ބޮޑުތަނުން ރަނގަޅުވާނެ،" ރައީސް ވިދާޅުވި އެވެ.

Advertisement

Advertisement 1

ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސް އަދި މެޑިކަލް އިކުއިޕްމަންޓްތައް ބޭރުން ގަނޑުކޮށް ގަނެގެން ރާއްޖެ އެތެރެކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި، "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ހާއްސަ ކުންފުންޏެއް އުފައްދާފައެވެ. ރައްޔިތުން ބޭސް ހޯދުމުގައި އުފުލަމުންދާ ތަކުލީފުތަކަށް ނިމުމެއް ގެނައުމަށް އުފެއްދި މި ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން، އަންނަ ޖުލައި މަހުން ފެށިގެން އެސްޓީއޯގެ ދަށުން ހިންގަމުންދާ ހުރިހާ ބޭސް ފިހާރައެއް ސްޓޭޓް ފާމާގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ރާއްޖޭގެ ހުރިހާ ފާމަސީތަކެއްގައި ހުރި ބޭހުގެ ސްޓޮކް ވަގުތުން ވަގުތަށް ބެލޭނެ ޒަމާނީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.

މިހާރުވެސް އެ ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗްގައި ޤާއިމުކޮށް، ހޮސްޕިޓަލަށް ބޭނުންވާ ބޭސް މެދުނުކެނޑި ލިބޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ. މީގެ އިތުރުން، ބޭސް ފިހާރަތަކުން ލިބެން ނުހުންނަ ބޭސްތައް ރާއްޖެއިން ބޭރުން ގެނެވޭނެ ނިޒާމެއް ގާއިމުކޮށް، އެކަމަށްޓަކައި '1505' ނަންބަރުގެ ހާއްސަ ހޮޓްލައިނެއް މެދުވެރިކޮށް މިހާރު ދަނީ ހިދުމަތް ދެމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

5 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

12 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02