Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާނީ އެލިޒަބަތުގެ ނާސްތާގެ އާދަކާދަތަކާއި އަމިއްލަފުޅު ދިރިއުޅުމުގެ ސިއްރުތަކެއް ހާމަކޮށްފި

ރާނީ އެލިޒަބަތުގެ ނާސްތާގެ އާދަކާދަތަކާއި އަމިއްލަފުޅު ދިރިއުޅުމުގެ ސިއްރުތަކެއް ހާމަކޮށްފި

އައިޝަތު ރުވާ ރިފްޢަތު
53 ދުވަސް ކުރިން - 23 މެއި 2026 23:51
ކުއީން އެލިޒަބަތު---
ކުއީން އެލިޒަބަތު---
ޚުލާސާ

ސްތާ ކުރައްވަނީ ކޮންމެ ދުވަހަކު ހެނދުނު 9:00 އާއި 9:15 އާ ދެމެދުގަ އެވެ. އެ ވަގުތުގައި ގަނޑުވަރުގެ ބަގީޗާގައި ފައިފް ކުޅުންތެރިއަކު މިއުޒިކް ކުޅެމުންދާނެ.

ސްކޮޓްލޭންޑްގައި ހުންނަ އިނގިރޭސި ޝާހީ އާއިލާގެ ރަސްމީ ގަނޑުވަރު، ހޮލީރޫޑްހައުސް އާންމުންނަށް ހުޅުވާލުމާ އެކު، އަވަހާރަވެފައިވާ ރަނިކަމަނާ އެލިޒަބަތު ll އާއި އެކަމަނާގެ ފިރިކަލުން ޕްރިންސް ފިލިޕްގެ އަމިއްލަފުޅު ދިރިއުޅުމާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ފުރަތަމަ ފަހަރަށް އާންމުންނަށް ވަނީ އެނގިފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އާންމުންނަށް ހުޅުވާލި ކޮޓަރިތަކުގެ ތެރޭގައި، ރަނިކަމަނާ ނާސްތާ ކުރެއްވުމަށް ބޭނުންކުރެއްވި ކޮޓަރި ހިމެނެ އެވެ. އެ ގަނޑުވަރުގެ އިސް ކިއުރޭޓަރެއް ކަމަށްވާ ރިޗަޑް ވިލިއަމްސް ހާމަކުރި ގޮތުގައި، ރަނިކަމަނާ ނާސްތާ ކުރައްވަނީ ކޮންމެ ދުވަހަކު ހެނދުނު 9:00 އާއި 9:15 އާ ދެމެދުގަ އެވެ. އެ ވަގުތުގައި ގަނޑުވަރުގެ ބަގީޗާގައި ފައިފް ކުޅުންތެރިއަކު މިއުޒިކް ކުޅެމުންދާނެ އެވެ.

ޕްރިންސް ފިލިޕް ދުނިޔޭގައި ހުންނެވި އިރު، ދެބޭފުޅުން އެކުގައި ނާސްތާ ކުރައްވަމުން ގެންދެވިއިރު، 'ދަ ސްކޮޓްސްމަން'، 'ރޭޑިއޯ ޓައިމްސް' އަދި 'ރޭސިން ޕޯސްޓް' ފަދަ ނޫސްތައް ބައްލަވަ އެވެ. ރިޗަޑް ބުނި ގޮތުގައި ރަނިކަމަނާއަކީ ގައުމުގައި ހިނގާ ކަންކަން ވަރަށް ގާތުން ބައްލަވާ ބޭފުޅެކެވެ.

Advertisement

Advertisement 1

ނަމަވެސް، 2021 ވަނަ އަހަރު ޕްރިންސް ފިލިޕް އަވަހާރަވުމަށްފަހު، ރަނިކަމަނާގެ ނާސްތާގެ ވަގުތަށް ބަދަލުތަކެއް އައެވެ. އެކަމަނާގެ މުޅި ދުވަހުގެ ކެއުންތަކުގެ ތެރެއިން އެކަނި އިނދެ ފަރިއްކުޅުއްވާ ހަމައެކަނި ވަގުތަކީ ނާސްތާގެ ވަގުތެވެ. އެ ވަގުތުގައި އެކަމަނާ އިށީނދެވަޑައިގަންނަވަނީ ދޮރާ ކުރިމަތިވާ ގޮތަށް، މުވައްޒަފުންގެ ހަރަކާތްތައް ފެންނާނެ ފަދަ ގޮތަކަށެވެ. ދުވަހުގެ އެހެން ކެއުންތައް އެކަމަނާ އާންމުކޮށް ފަރިއްކުޅުއްވަނީ ޝާހީ އާއިލާގެ މެންބަރުންނާ އެކުގަ އެވެ.

މީގެ އިތުރުން، ރަނިކަމަނާގެ އަމިއްލަފުޅު ބައެއް ތަކެއްޗާ ގުޅޭ ތަފްސީލުތައް ވެސް ވަނީ ހާމަވެފަ އެވެ. އޭގެ ތެރޭގައި އެކަމަނާއަށް ހަދިޔާއަކަށް ލިބިވަޑައިގެންނެވި "ހެޑިންގްޓަން" ނަމަކަށް ކިޔާ ޓެޑީ ބެއާއެއް ހިމެނެ އެވެ. އެކަމަނާ ހޮލީރޫޑްހައުސްއަށް ވަޑައިގަންނަވާއިރު، އެ ޓެޑީ ބެއާ ސޯފާގެ ވަކި ތަނެއްގައި ބޭއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ގަނޑުވަރުގެ ކިއުރޭޓަރު އެމާ ސްޓެޑް ކިޔައިދިނެވެ. އަދި 1986 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްއާ ގުޅޭ ހަނދާނީ ފޮތިގަނޑެއް (ޕިން ކުޝަން) ވެސް އެކަމަނާ ގެންގުޅުއްވި ގޮތުގެ ތަފްސީލު ވަނީ ހާމަވެފަ އެވެ.

އެޑިންބަރާގެ މަޝްހޫރު ރޯޔަލް މައިލްގެ ކޮޅުގައި ހުންނަ ހޮލީރޫޑްހައުސްއަކީ އިނގިރޭސި ރަސްކަލުން ސްކޮޓްލޭންޑަށް ކުރައްވާ ދަތުރުފުޅުތަކުގައި މަޑުކުރައްވާ ރަސްމީ ގަނޑުވަރެވެ. މި ގަނޑުވަރަކީ ދައުލަތުގެ ރަސްމީ އެކިއެކި ރަސްމިއްޔާތުތައް ވެސް ބާއްވާ ތަނެކެވެ.

އިނގިރޭސީވިލާތްރާނީ އެލިޒަބެތު
Ad
Ad

1 ރިއެކްޝަންސް / 3 ކޮމެންޓް

0%
0%
0%
0%
0%

ޒައިކް23

53 ދުވަސް ކުރިން - 01:28

ޚަބަރު ކިޔާ ނިމުނު އިރުވެސް ނޭނގުނު ކެއުމަށް ބޭނުން ކުރި އެއްވެސް އެއްޗެއް..

ޝަހުދުއްސަލާމް

53 ދުވަސް ކުރިން - 23:58

ދެން އަހަރެން ކީއްކޮށްދޭންވީ. އޭނަގެ ފަރާތުން ހަމަ ގައިމުވެސް އަހަރެމެން މުސްލިމުން އިބުރަތް ހާސިލް ކުރަން ނުޖެހޭ ކަންކަން ގިނަ ވާނީ

ޝިފާޒު

53 ދުވަސް ކުރިން - 23:57

މި ހަބަރު ކިޔާފަ އަހަރެން ހޭންވީ ކަމެއް ރޯންވީ ކަމެއް ނޭނގިފަ މި އިންނަނީ 5 މިނެޓު ވަންދެން

ގުޅޭ ޚަބަރުތައް

ފައުލް ގޯންޏެއްގެ ރެކޯޑާއި އެކު އާޖެންޓީނާ ފައިނަލަށް

ފައުލް ގޯންޏެއްގެ ރެކޯޑާއި އެކު އާޖެންޓީނާ ފައިނަލަށް

8 ގަޑިއިރު ކުރިން - 02:25

ނޭޓޯ ބައްދަލުވުން: ހުރުމުޒް ކަނޑުއޮޅީގެ ސަލާމަތް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ބޮޑު މިޝަނެއް ފަށަން ރާވައިފި

ނޭޓޯ ބައްދަލުވުން: ހުރުމުޒް ކަނޑުއޮޅީގެ ސަލާމަތް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ބޮޑު މިޝަނެއް!

7 ދުވަސް ކުރިން - 18:47

މެކްސިކޯ ސިޓީގައި އިނގިރޭސި ޓީމަށް ގޮންޖެހުންތަކެއް: ސަޕޯޓަރުންގެ އުނދަގުލާއި މޫސުމީ ބިރުވެރިކަން

މެކްސިކޯ ސިޓީގައި އިނގިރޭސި ޓީމަށް ގޮންޖެހުންތަކެއް: ސަޕޯޓަރުންގެ އުނދަގުލާއި މޫސުމީ ބިރުވެރިކަން

11 ދުވަސް ކުރިން - 23:27

ފަހަތުން އަރާ ކޮންގޯ ބަލިކޮށް އިންގްލެންޑުން ގަދަ 16 އަށް!

ފަހަތުން އަރާ ކޮންގޯ ބަލިކޮށް އިންގްލެންޑުން ގަދަ 16 އަށް!

14 ދުވަސް ކުރިން - 23:04

ގާނާއިން އިންގްލެންޑް ހިފަހައްޓައިފި، ދެ ޓީމުވެސް ގަދަ 32 އާ ގާތަށް

ގާނާއިން އިންގްލެންޑް ހިފަހައްޓައިފި، ދެ ޓީމުވެސް ގަދަ 32 އާ ގާތަށް

22 ދުވަސް ކުރިން - 10:20

ކޭންގެ ދެ ލަނޑާއެކު އިންގްލެންޑުން ކްރޮއޭޝިއާ ބަލިކޮށްފި

ކޭންގެ ދެ ލަނޑާއެކު އިންގްލެންޑުން ކްރޮއޭޝިއާ ބަލިކޮށްފި

28 ދުވަސް ކުރިން - 09:58