Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރައީސްގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިންނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ ދޫކޮށްފި

ރައީސްގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިންނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ ދޫކޮށްފި

އައިޝަތު ރުވާ ރިފްޢަތު
56 ދުވަސް ކުރިން - 19 މެއި 2026 19:57
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް / ފޮޓޯ: ރައީސް އޮފީސް
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ފެބްރުއަރީ މަހުން ފެށިގެން މިއަދާ ހަމައަށް 1،832 އުޅަނދަކަށް މި ލުޔާއެކު ތެޔޮ ދޫކޮށްފައިވާކަމަށް ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުން މަސްވެރިން ސަލާމަތްކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ. އެގޮތުން، މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ތެޔޮ ވިއްކާ އަގަށް ދީފައިވާ ލުޔާއެކު، މަސްވެރިންނަށް ތެޔޮ ލިބުމުގައި މާ ބޮޑު ދަތިކަމެއް ނެތި މަސްކަނޑުތަކަށް ނިކުމެވޭނެ މަގު ފަހިވެފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ހަމަޖެއްސުމަކީ ރައީސް ޑރ. މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ. މި ވައުދު ފުއްދުމަށްޓަކައި ސަރުކާރުން ނިންމާފައިވަނީ އެސްޓީއޯ ނުވަތަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށެވެ.

Advertisement

Advertisement 1

"މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަކުން ގާތްގަނޑަކަށް ތެޔޮ އެބަ ލިބޭ. ލޮޖިސްޓިކަލީ ބައެއް ގޮންޖެހުންތައް ހުރި ނަމަވެސް، މަސްވެރިންނަށް އުނދަގޫ ނުވާނެ މިންވަރަށް އެކަންކަމަށް އަހަންމިއްޔަތުކަން ދީގެން ތެޔޮ ފޯރުކޮށްދެވެމުންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ފެބްރުއަރީ މަހުން ފެށިގެން މިއަދާ ހަމައަށް 1،832 އުޅަނދަކަށް މި ލުޔާއެކު ތެޔޮ ދޫކޮށްފައިވެ އެވެ. އަދި މިހާތަނަށް ޖުމްލަ 2.5 މިލިޔަން ލީޓަރުގެ ތެޔޮ އިޝޫކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި، މިފްކޯ މެދުވެރިކޮށް ތެޔޮ ދޫކުރުމުގައި އުޅަނދުތަކުގެ ބޮޑުމިނަށް ބަލައި ވަކި އުސޫލުތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން:

  1. 85 ފޫޓުން މަތީގެ އުޅަނދުތަކަށް: 5،000 ލީޓަރު
  2. 50 ފޫޓާއި 85 ފޫޓާ ދެމެދުގެ އުޅަނދުތަކަށް: 3،000 ލީޓަރު
  3. 50 ފޫޓުން ދަށުގެ އުޅަނދުތަކަށް: 1،500 ލީޓަރު

މި މަސައްކަތަކީ މަސްވެރިންގެ މަސައްކަތަށް ހިތްވަރު ދިނުމަށާއި، ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރި އާއިލާތަކަށް ކުރިމަތިވާ މާލީ ދަތިތަކުން ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ވަރަށް މުހިންމު މަޝްރޫއެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމަސްވެރިކަންމިނިސްޓަރު އަހްމަދު ޝިޔާމްމިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް
Ad
Ad

ގުޅޭ ޚަބަރުތައް

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

14 ގަޑިއިރު ކުރިން - 16:41

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: ޝިޔާމް

20 ގަޑިއިރު ކުރިން - 11:05

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

20 ގަޑިއިރު ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

1 ދުވަސް ކުރިން - 17:13

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

1 ދުވަސް ކުރިން - 13:31

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%