Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސް މުޢިއްޒުގެ މާލީބަޔާން ޢާންމުކުރައްވައިފި

ރައީސް މުޢިއްޒުގެ މާލީބަޔާން ޢާންމުކުރައްވައިފި

ހުސައިން އިސްމާއިލް
102 ދުވަސް ކުރިން - 19 މެއި 2026 01:11
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު - އެމަނިކުފާނަށް ހަދިޔާގެ ގޮތުގައި ޢާއިލާއިން 180،000ރ ލިބިވަޑައިގެންނެވި.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު - އެމަނިކުފާނަށް ހަދިޔާގެ ގޮތުގައި ޢާއިލާއިން 180،000ރ ލިބިވަޑައިގެންނެވި.
ޚުލާސާ

މިލްކިއްޔާތުގައި ރައްކާކޮށްފައި ހުރި ޖުމްލަ ފައިސާގެ ޢަދަދަކީ 1،887،315 ދިވެހި ރުފިޔާ. ފައިސާ ރައްކާކޮށްފައި ހުރީ ބީއެމްއެލް އާއި އިސްލާމިކް ބޭންކުގަ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީބަޔާން ޢާންމު ކުރައްވައިފިއެވެ. އެއްވެސް ވެރިޔަކަށް މިހާތަނަށް މާލީ ބަޔާން ޢާންމުކުރައްވަން ކެރިވަޑައިނުގެންނެވިއިރު. ރައީސް މުޢިއްޒުގެ މާލީބަޔާނަށް ބަލައިލުމުން އެމަނިކުފާނުގެ ދަރަނީގައި ބާކީ ދައްކަން ޖެހިވަޑައިގަންނަވާ 1.3 މިލިއަން ރުފިޔާ ހުރިކަން އެނގެން އެބައޮތެވެ. އެއީ މޯލްޑިވްސް ފައިނޭންސް އެންޑް ލީޒިންގ ކޮމްޕެނީއަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މާލީ ބަޔާނުގައިވާގޮތުން، ފާއިތުވި ހަމަސްދުވަހުގެ ތެރޭގައި މުސާރައިގެ ގޮތުގައި އެމަނިކުފާނަށް 285،024 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. އަދި ހުޅުމާލެ ރޯހައުސް ކުލީގެ ގޮތުގައި 240،000 ރުފިޔާ ލިބިވަޑައިގެންފައިވާއިރު ހިބައިން ލިބިފައިވާ މ.ފިގް ގެ އާއިލާގެ ފަރާތުން 180،000 ރުފިޔާ ހަދިޔާކޮށްފައިވެއެވެ.

ރައީސްގެ މާލީ ބަޔާނުން އެންމެ ފާހަގަކުރެވޭ ކަމަކީ އެމަނިކުފާނު ގެންގުޅުއްވަނީ ވަނީ އެންމެ ވެހިކަލެއް ކަމެވެ. އެއީ 260،000 ރުފިޔާގެ ކާރެކެވެ.

Advertisement

Advertisement 1

ރައީސް މުޢިއްޒު އަށް އާމްދަނީ ލިބޭ ވިޔަފާރި މަސްލަހަތު ހިމެނޭ ތަންތަނަކީ ވާރުތަ މުދަލުން ލިބިފައިވާ މ. ދިމްޔާތާއި، ހިބައިން ލިބިފައިވާ މ. ފިގް އާއި، ހުޅުމާލޭގައިވާ އެމްބަރ ޓެރަސް 2 ރޯހައުސް އާއި އުފަން ރަށް ވަށަފަރުގައިވާ ދިމްޔާތު ބިމާއި، އިސްވެ ދެންނެވި ކާރު އެކަންޏެވެ.

ބޭންކް އޮފް މޯލްޑިވްސް ގައި އެމަނނިކުފާނުގެ ދެ އެކައުންޓެއް ވެއެވެ. އޭގެތެއިން ކަރަންޓް އެކައުންޓުގައި ވަނީ 184,845.52 ރުފިޔާއެވެ. ސޭވިންގ އެކައުންޓުގައި ވަނީ 1,701,470.44 ރުފިޔާއެވެ. އިސްލާމިކް ބޭންކުގައިވާ އެކައުންޓުގައި ހުރީ 1000 ރުފިޔާއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

5 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

12 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02